April 22, 2026
Advertisement
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލަފާއި
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލަފާއި / އެމްއެންޑީއެފް

ކޮޅުވެއްޓި ބަންޑުން ޖަހާލުން: އިތުރު އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Oct 16, 2025, 10:02 PM
މާލެ ސިޓީ

"އަލްމާކް-ފިޔަ" ކޮޅުވެއްޓިން ގެއްލުނު މީހުންގެ ތެރެއިން އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

Advertisement

މަރުވެފައި އޮއްވާ ފެނިފައިވަނީ އިންޑިއާގެ ރައްޔިތެއްކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ޖުމުލަ ހަތް މީހުންނާ އެކު ދަތުރުކުރި ކޮޅުވެއްޓިން ހަތަރު މީހުން ވަނީ ސަލާމަތްކޮށްފައެވެ. އަދި، ތިން މީހުން ގެއްލިގެން ފުލުހުންނާއި ސިފައިން އެ މީހުން ހޯދުމުގެ މަސައްކަތްކުރަމުން ދާއިރު ސިފައިން ވަނީ އޭގެ ތެރެއިން އެކަކު ކުރިން ފެނިފައިވާ ކަމަށް ބުނެފައެވެ. އެއީ، ގއ. ދާންދޫ، ސަރުސޫނުގެ، 38 އަހަރުގެ އަހުމަދު ޝިފާނެވެ. އޭނާ ފެނުނީ މަރުވެފައި އޮއްވައެވެ.

އޭގެ ގަޑިއިރުތަކެއް ފަހުން ފުލުހުން ބުނެފައިވަނީ އަނެއްކާވެސް އިތުރު މީހަކު ފެނިފައިވާ ކަމަށާ އެ މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކަނޑުގެ އަޑިން ނަގާފައިވާ ކަމަށެވެ. މި މީހާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު 15:45 އެހާކަންހާއިރުއެވެ.

ގެއްލުނު ތިން މީހންގެ ތެރެއިން އަދިވެސް އެކަކު ނުފެނިފައިވާއިރު، ނުފެނިވާ މީހާއަކީ ސްރީ ލަންކާގެ ރައްޔިތެކެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. އަދި، ކަނޑުތައް ގަދަވުމުގެ ސަބަބުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރަން ސިފައިންނާއި ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved