

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކު ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މައްސަލައިގެ ޚިޔާނާތަށް މަގު ފަހިވެގެން ދިޔައީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔަަކަށް އިބްރާހީމް އާތިފް ޝަކޫރު ހުންނަވާ އެސްޓީއާރުތައް ނުނެރުމުން ކަމަށް ރައިސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެފްއައިޔޫ ވެރިޔަަކަށް އާތިފް ޝަކޫރު ހުންނެވިއިރު އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މުއާމަލާތެއް ރިޕޯޓްނުކުރި ކަމަށް ބުނާ މައްސަލާގައި އުފުލި ދައުވާ އަނބުރާ ގެންގޮސްފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ފުރަތަމަ ސުވާލަކަށް އެމަނިކުފާނުގެ ހިތްޕުޅުގައި އުފެދޭ ސުވާލަކީ އެއީ ޕީޖީއަށް ލިބިދޭ ބާރެއް ކަމާ މެދުގައި ކަމަށެވެ.
އެގޮތުން އެމްއެމްޕީއާރުސީ ފަދަ ބޮޑެތި މައްސަލަތަކުގައި ނަސޭހަތްދީ މައްސަލަ ފައިލްކުރަން، ޕީޖީއަށް ކޮން އިޚްތިޔާރެއްތޯއާ ޕީޖީ އާތިފްގެ މައްސަލަ ފައިލްކުރީ ގާނޫނީ ކޮން ހަމައަކުންތޯ ވެސް ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ އާތިފު އެފްއައިޔޫގެ ވެރިއަކަށް ހުރ އެސްޓީއާރުތައް ނުނެރުމުން އެމްއެމްޕީއާރުސީގެ ޚިޔާނަތަށް މަގު ފަހިގެން ދިޔައީ ކަމަށާ އެހެނީ އެސްޓިއާރުތަކަކީ މަނީ ލޯންޑަރިން ހުއްޓުވާ އެންމެ ފުރަތަމަ ފިޔަވަޅު ކަމަށެވެ. އެމްއެމްއޭއިން އެސްޓިއާރު ނެރުމުން ފުލުހުންނަށް އެ މައްސަލައެއް ބަލަން މަގު ހުޅިވިގެން ދާިއރު، އާތިފު އޭރު އެކަން އެގޮތަށް ނުކުރައްވާ ފަހުން އެކަމުގެ ޒިންމާ އާޒިމާއާ މަތިކޮށް ކަމުން ރެކެން އުޅުއްވީ ކަމަށް ވެސް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ.
އާތިފު ބުނެފައި އެބައޮތް އަންނަ ޗެކުތަކުގައި އާދަޔާ ޚިލާފުކަންކަން ހުރިކަން ފާހަގަކުރެވުނު ކަމަށް. ނަމަވެސް އެސްޓީއާރުތައް ނުނެރެން އޭނާ ނިންމީ ކަމަށްވެސް. އާތިފު އެސްޓީއާރުތައް ނުނެރުމުން އެމްއެމްޕީއާރުސީގެ ޚިޔާނާތަށް ފުރުސަތު ލިބިގެން ދިޔައީ. ދެން އަޒީމާއާ މީނަ އާ ދެމީހުން އެކަކު އަނެކަކު ބޮލުގައި އެޅުވީ.
ރައީސް ޔާމީން ވިދާޅުވީ ޕީޖީ އާ އެކު އެއްބަސްވުމެއް ހަދާ އާތިފު ސާބިތުކޮށްދިނީ އޭނާގެ ކުށް އެކަމުގައި އޮތްކަން ކަމަށެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، ޕީޖީއިން ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 98 ވަނަ މާއްދާގައި އޮންނަ ގޮތުން، އާތިފްގެ މައްޗަށް ކުރާ ދައުވާއަކީ ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ލިބޭ ވަރުގެ ކުށެއް ކަމަށެވެ.
އާތިފްއަށް ނަސޭހަތްދީ މައްސަލަ ފައިލްކުރީ މި ސަރުކާރުގައި މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓެއްގެ މަގާމުގައި ހުންނެވި އާތިފް، ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެދިވަޑައިގެން ދައުވާ މުރާޖައާ ކޮށްދިނުމަށް ހުށަހަޅާފައިވަނިކޮށެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި އާތިފްގެ މައްޗަށް މަނީ ލޯންޑަރިންގެ ގާނޫނާ ހިލާފުވުމުގެ ކުށުގެ ދައުވާ އުފުލީ 27 ފެބްރުއަރީ 2020ގައެވެ.