

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކު ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ ދެގުނަ ތިންގުނަ މިންވަރަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ޚިޔާނާތް ހިންގަމުންދާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގުރޭ ބޭއްވި ޕީއެންއެފްގެ ޓައުނު ހޯލު ޖަލްސާގަެ މައުޟޫއަށް އިންސާފުކޮށްދެއްވަމުން ޑރ ޖަމީލު ވަނީ ގައުމުގައި ހިނގަމުންދާ ހުރިހާ ވައްކަމާ ކޮރަޕްޝަންގެ ޚަބަރުތަކުގެ ސުރުޚީގައި "ރައީސް މުއިއްޒު" މިހެން ޖަހާލުމުން މިއަދު ރައްޔިތުންނަށް އެވަރުންނަށް އެނގޭނެ ކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ވާހަކަ ޕީއެންއެފުން ދެއްކުމުން ސަރުކާރުގެ ތެރޭގައި ތިއްބަވާ ބޭފުޅުންނަށް އަސަރު ކުރާ ކަމަށާ މިހާރުވެސް އިންތިހާބުތައް ބޯމަތިވަމުން އަންނަ ނަމަ ވައުދުތަކުގެ ނަމުގައި ގިނަ ޖަރީމާތަކަކަށް މަގު ފަހި ކުރާ ކަމަށާ އެކަންކަން ބަލަން މަޖިލީހުގެ ނައިބު ރައީސްމެން ފަދަ ބޭފުޅުން އިސްނަގައިގެން ބަލަން ޖެހޭ ކަމަށެވެ.
ޑރ ޖަމީލު ވަނީ މިއަދު ކުރީ ސަރުކާރުތަކުގެ ވައްކަމާ ކޮރަޕްޝަންގެ ވާހަކަ ދެއްކެން މި ސަރުކާރުގެ ވެރިންނަށް ނެތް ކަމަށާ މި ސަރުކާރުން ވައްކަން ކުރިއަށް ގެންދަނީ އެންމެން ގުޅިގެން ކަމަށެވެ.