March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ސިނގިރޭޓު މައްސަލައިގައި ބާއްވަން އުޅުނު 241 ކޮމިޓީ ބައްދަލުވުން ފަސްކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 17, 2025, 09:11 PM
މާލެ ސިޓީ

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ކަމާ ބެހޭ އިދާރާތައް ހާޒިރުކުރުން ފަސްކޮށްފި އެވެ.

Advertisement

މި މައްސަލާގައި ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އިތުރުން ކަސްޓަމްސް އާއި އެމްޕީއެލުގެ އިސް ބޭފުޅުން އާދީއްތަ ދުވަހު ހާޒިރުކޮށް ސުވާލުކުރަން ތާވަލުކޮށްފައި އޮތް ނަމަވެސް 241 އެ ބައްދަލުވުން ހަފުތާއަކަށް ފަސްކޮށްފައިވާކަން މަޖިލީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މަޖިލީހުގެ މީޑިއާތަކުން ނޫސްވެރިންނަށް ފޮނުވި މެސެޖެއްގައި ބުނީ މި ބައްދަލުވުން ފަސްކުރީ ދިރާސާކުރަން ނިންމާފައިވާ މައްސަލަ އާއި ގުޅިގެން މިވަގުތު ކޮމިޓީ ބައްދަލުވުމެއް ބާއްވައިފިނަމަ އެ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

މި މައްސަލާގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށް 12 މީހަކު ވަނީ ފުރުން މަނާކޮށްފަ އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އަމިއްލަ ވިޔަފާރިވެރިޔެއް ކަމުގައިވާ އަހުމަދު އާރިފު އާއި މުހައްމަދު ވަހީދު އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ އޮފިސަރެއް ކަމުގައިވާ މުއާޒު އަލީ އަދި ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ ސީނިއާ އޮފިސަރެއް ކަމުގައިވާ ހދ. ވައިކަރަދޫ ޒިވާރު އިސްމާއީލް އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved