March 18, 2026
Advertisement
އޭސީސީ
އޭސީސީ / އޭސީސީ

ތިން ހޮސްޕިޓަލެއް އެހެން ރަށަކަށް އަޅަން ބަދަލުކުރި މައްސަލަ އޭސީސީއަށް ހުށަހަޅައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 20, 2025, 12:21 AM
މާލެ ސިޓީ

ތިން ރަށެއްގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލްތައް އެހެން ރަށަކަށް ބަދަލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އަށް މިއަދު ހުށަހަޅައިފި އެވެ.

Advertisement

ސައުދީ ފަންޑުގެ 50 މިލިއަން ޑޮލަރުގެ ލޯން އެހީގައި އަޅަން ހަމަޖެއްސި މި ހޮސްޕިޓަލްތަކުގެ މައްސަލަ އެ އިދާރާއިން ނުބަލައި ނުތިބެވޭނެ ކަމަށާއި ކޮމިޝަނުގެ ހުރިހާ މެންބަރުން ވެސް ދައުރު ބަދަލުވުމުން ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.

އޭސީސީއަށް ބޮޑެތި ބާރުތަކާއި ބޮޑު ބަޖެޓެއް ދީފައި އޮންނަނީ ދައުލަތުން ހިންގާ ވައްކަންތައް ބެލުމަށް ކަމަށްވާއިރު، އޭގެއިން އެއްވެސް ކަމެއް ނުބަލާ ކަމަށް މާޒް ސަލީމް ވަނީ ފާހަގަކޮށްފައެވެ.

ސައުދީ ފަންޑުގެ އެހީތެރިކަމާއެކު ނ. މަނަދޫ އާއި ފުވައްމުލައް ސިޓީ އަދި އއ. ރަސްދޫގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލުތައް ލ. ފޮނަދޫ އަދި ފ. ނިލަންދޫއަށް ބަދަލުކޮށްފައިވާ ކަމަށް މާޒް ސަލީމް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

ފޮނަދޫއަށް ހޮސްޕިޓަލް ބަދަލުކުރީ އެ ރަށަށް ނިސްބަތްވާ އޭރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުގެ ނުފޫޒުން ކަމަށާއި އެކަން އެގޮތަށް ކުރީ ފޮނަދޫ ދާއިރާއަށް އަބްދުއްރަހީމް އަބްދުﷲ ހޮވުމުގެ ނިޔަތުގައި ކަމަށްވެސް މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު ތުހުމަތުކޮށްފައިވެއެވެ.

އޭސީސީއަށް ގިނަ މައްސަލަތަކެއް އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން އަދި އާންމުން ވެސް ދަނީ ހުށަހަޅަމުންނެވެ. ނަމަވެސް އެ މައްސަލަތައް އޭސީސީގައި ފުނިޖެހިފައިވާއިރު، އެކަށީގެންވާ އަވަސް މިނުގައި މައްސަލަތައް ނުބަލާ ކަމުގެ ޝަކުވާތައް އާންމުން ދަނީ ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved