March 17, 2026
Advertisement
-
- / ސަން އޮންލައިން

އަޅުގަޑު މަސައްކަތްކުރީ ދިވެހިރާއްޖޭގައި ގާނޫނުގެ ބާރު ނަގަހައްޓަން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Oct 20, 2025, 03:28 AM
މާލެ ސިޓީ

އެމަނިކުފާނުގެ ޒަޢާމަތުގައި މަސައްކަތްޕުޅު ކުރެއްވީ ގާނޫނުގެ ބާރު ނަގަހައްޓަން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި އާދިއްތަ ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޒައާމަތުގައި އެއްވެސް މީހަކު ޖަލަށްލާން އަމިއްލަ އިސްނެގުމާއެކު ކަމެއް ކުރައްވާފައިނުވާނެ ކަމަށާ ނަމަވެސް ފުލުހުންގެ މަސައްކަތަށް ހުރަސް އެޅޭނެ ގޮތަކަށްވެސް އަމަލު ކުރައްވާފައި ނުވާނެ ކަމަށެވެ.

އެގޮތުން އެމަނިކުފާނުގެ ޒައާމަތުގައި ސިޔާސީ ބައެއް ފަރާތްތައް ހައްޔަރުކޮށް ހިންގި ތަހުގީގަކީ ފުލުހުންނަށް ލިބިފައި ހުރި އިންޓެލިޖެންސް މައުލޫމާތާ އެކު ހިންގި ތަހުގީގުތަކެއް ކަމަށާ އެ ތަހުގީގުތައް ހިންގަން ފުލުހުން އެމަނިކުފާނަށް މައުލޫމާތު ފޯރުކޮށްދިނުމުން ހިނގަން އޮންނަ މަގުން ހިނގުމަށް ފުލުހުންނަށް އިރުޝާދު ދިނީ ގާނޫނުގެ ބާރު ނެގެހެއްޓުމުގެ ގޮތުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެކަމުގެ ތެރެއިން އެންމެ އުނދަގޫވީ ރައީސް މައުމޫނު އަބްދުލްގައްޔޫމު ހައްޔަރުކުރި ކުރުން ކަމަށާ ނަމަވެސް އެހެން އެކަން ކުރަން ފުލުހުންނަށް މަޖްބޫރުވީ ރައީސް މައުމޫނުގެ އަމަލުފުޅުތައްވެސް ބައްޓަން ކުރެއްވި ގޮތުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން އެ ބޭފުޅަކު ކުރެއްވި ކަމެއްގެ އުގޫބާތް އެބޭފުޅަކާ އަރާ ހަމަކުރުމުން އެކަންކަން ހުއްޓުވަންވެސް އެއްވެސް މަސައްކަތެއް ނުކުރެއްވީ ގާނޫނީ ހުކޫމަތު ދަމަހައްޓަން އެމަނިކުފާނުގެ ޒިންމާ އޮތުމުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިމިވަނީ، ކާޑެއްދޫ އެއާޕޯޓާ ގުޅިގެން ގާސިމްއަށް ލިބުނު މަންފާގެ ވާހަކަ އެމަނިކުފާނު ދައްކާވާފައިވާތީ ޖުމްހޫރީ ޕާޓީގެ މެމްބަރު ރިޔާޒު ރަޝީދު އެކަމަށް ރައްދު ދެއްވާ، ގާސިމްއާ މެދު އިހާނެތިކޮސް ހިތާ ރައީސް ޔާމީން ގާސިމްއާ އާއިލާ ޖަލަށްލާ ހެދިކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved