March 16, 2026
Advertisement
އަނެއްކާވެސް ދޮގު ވައުދަތަކެއްވާން ރައީސް މުއިއްޒު މި ފަހަރު ލާމަށް!
އަނެއްކާވެސް ދޮގު ވައުދަތަކެއްވާން ރައީސް މުއިއްޒު މި ފަހަރު ލާމަށް! / ރައީސް އޮފިސް

އަނެއްކާވެސް ދޮގު ވައުދަތަކެއްވާން ރައީސް މުއިއްޒު މި ފަހަރު ލާމަށް!

Oct 20, 2025, 09:54 PM
ލ އަތޮޅު

ފާއިތުވި ދެ އިންތިހާބުގައި ވެފައިވާ ވައުދުތައް ނުފުއްދަވާ، ލޯކަލް ކައުންސިލް އިންތިހާބަށް ކަޑަ ޖަހަން ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް ދަތުރުފުޅު ކުރައްވައފިއެވެ.

Advertisement

ރައީސް އޮފީހުން ހާމަކުރާ ގޮތުގައި، މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެކަމަށެވެ.



މި ދަތުރުފުޅުގައި، ހައްދުންމަތީގައި މީހުން ދިރިއުޅޭ 11 ރަށަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެ މަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫއަށެވެ.

މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.



ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަސް ގާތަށް ވަޑައގެންނެވުމުގެ ނަމުގައި ދަތުރުފުޅުތަކެއް ރާވާ ކުރައްވަމުން ގެންދަވަނީ ލޯކަލް ކައުންސިލް އިންތިހާބަށް ކަޑަ ޖެހުމުގެ ގޮތުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ރިޔާސީ އިންތިހާބުގައާ މަޖިލިސް އިންތިހާބުގައި ޕީއެންސީއާ ރައީސް މުއިއްޒު ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދަވާ އަނެއްކާވެސް އިންތިހާބަކާ ދިމާކޮށް ވަޑައިގެން އިތުރު ވައުދުތައް ވާތީ ފާޑުކިޔުމާ ނުުރހުން އެމަނިކުފާނަށާ ސަރުޚާރަށް އަދި ޕީއެންސީއަށް ވެސް އަމާޒުވެފައިވެއެވެ.

މި ދަތުރުފުޅުގައި ވެސް އޭޓީއެމްތައް ހުޅުވާ ދިނުމާ ތަންތަނުގެ ބިންގާ އެޅުމުގެ އިތުރުން ތަންތަނުގެ ރިބަން ކެނޑުން ވެސް ދަނީ ކުރިއަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved