theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ވެރިކަމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރު ރައީސްގެ ކިބައިގައި ހުންނަންވާނެ: އަލީ / ސޯޝަލް މީޑިއާ
ހަބަރު
ވެރިކަމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރު ރައީސްގެ ކިބައިގައި ހުންނަންވާނެ: އަލީ
Mariyam Isaadha
މަރިޔަމް އިސާދާ
24 އޮކްޓޯބަރު 2025
މާލެ ސިޓީ

ވެރިކަމުގައި ހުންނަވާއިރު ދިމާވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރު ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންވާނެ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ފައިސާ ޗާޕުނުކޮށް އިގްތިސާދު ހިފަހައްޓާނެ ކަަމަށް ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވީ ނަމަވެސް މި ސަރުކާރުން މިހާރު ވަނީ އޮޅުވާލައިގެން ފައިސާ ޗާޕު ކުރަން ނިންމާފައިވާތީ އެކަމަށް އިޝާރާތްކުރައްވާ އަލީ ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އަލީގެ ޕޯސްޓުގައި ވަނީ، ފައިސާ ޗާޕު ކުރަން އުޅެނީ މަރުކަޒީ ބޭންކުން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެން ނަމަވެސް އެއީ ފައިސާ ޗާޕު ކުރުން ނޫން ކަމަށް ސަރުކާރާ ގުޅުން އޮންނަ ފަރާތްތަކުން ބުނަމުންދާތީ އެކަމަށް ރައްދު ދެއްވާފައެވެ.

އެގޮތުން އަލީ ވިދާޅުވެފައިވަނީ، ފައިސާ ޗާޕު ކުރަން މަސައްކަތް ކުރަނީ ހިންޏަށް ހަކުރު އޮޅުވާލަން އުޅޭ ކަހަލަ ގޮތަކަށް ކަމަށެވެ. އަދި ވެރިކަމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރު ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންވާނެ ކަމަށްވެސް އަލީ ވަނީ ވިދާޅުވެފައެވެ.

ފައިސާ ޗާޕު ކުރަން އުޅޭ މައްސަލައިގައި އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ޕެންޝަން އޮފީހުގެ ބޯޑަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޔަން ކުރި އަހްމަދު ސަރުވަޝް އާދަމް ވަނީ އިސްތިއުފާދީފައެވެ.

އެމްއެމްއޭއަށް ޕެންޝަން އޮފީސް މެދުވެރިކޮށް ސެކަަންޑްރީ މާކެޓުގައި 2.5 ބިލިއަން ރުފިޔާގެ ބޮންޑެއް ވިއްކާކަން ނުރަސްމީކޮށް ސަރުކާރުގެ އިސް އޮފިޝަލުން ޔަގީންކޮށްދެއެވެ. އެކަމަކު، އެ މުއާމަލާތާ ގުޅޭ މައުލޫމާތު ފިނޭންސް މިނިސްޓްރީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved