March 25, 2026
Advertisement
ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު
ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު / ތޭރަ އޮންލައިން

އެހެން ޕާޓީތަކާއި ޕީއެންއެފްއާއި ހުރި ތަފާތަކީ ޖީބުގައި އޮންނަ ވޮލެޓަށް އަންނަ ބަދަލު: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Oct 25, 2025, 12:49 AM
މާލެ ސިޓީ

އެހެން ޕާޓީތަކާއި ޕީއެންއެފްއާއި ހުރި ތަފާތަކީ ޖީބުގައި އޮންނަ ވޮލެޓަށް އަންނަ ބަދަލުކަމަށް އެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އުފެއްދިތާ ދޮޅު އަހަރު ވެގެންގޮސްފައިވާއިރު، އެ ކުރު މުއްދަތުގައި ޕިއެންއެފްހާ ބިނާކުރަނިވި ސިޔާސީ މަސައްކަތްކުރި ޕާޓީއެއް ވުޖޫދު ނުވާކަން ރައްޔިތުންގެ ބަހުން ސާފުވާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މަލީހު ވިދާޅުވީ، ޕާޓީގެ އައިޑިއޮލޮޖީ ރައްޔިތުންނަށް ސާފު ކަމަށާ އެހެން ޕާޓީތަކާއި ޕީއެންއެފްއާއި ހުރި ތަފާތަކީ ޖީބުގައި އޮންނަ ވޮލެޓަށް އަންނަ ބަދަލު ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ޕީއެންއެފްގެ ޒަޢާމަތާއި ހަވާލުވެ ވަޑައިގަތުމަކީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގެ އާ ޗެޕްޓަރެއްގެ ފެށުން ކަމަށާ އެތައް ދިވެހި ރައްޔިތުންގެ އުއްމީދު ކަން ވެސް މަލީހު ފާހަގަކުރައްވާފައިވެއެވެ.

މަލީހު އިތުރަށް ވިދާޅުވެފައިވަނި، ﷲގެ އިރާދައިން ޤައުމީ ތަރައްޤީޤެ 2.0 އާއި ދިމާލަށް ކުރެވޭ ދަތުރު އަވަސްވެގެންދާނީ ރައީސް ޔާމީންގެ މާލިމީކަމުގައި ކަމަށެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ޕީއެންއެފުން ދަނީ މި ފަހަކަށް އައިސް ސަރުކާރު ޒިންމާދާރު ކުރުވަން ތަފާތު ގިނަ ހަރަކާތްތައް ބާއްވަމުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved