March 17, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ސޯޝަލް މީޑިއާ

އައްޑުއަތޮޅަށް މުއިއްޒުވި އެންމެ ބޮޑު ވައުދު ވީ ބިލާހަކަށް: ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 25, 2025, 07:01 PM
މާލެ ސިޓީ

އައްޑުއަތޮޅަށް މުއިއްޒުވި އެންމެ ބޮޑު އެއް ވައުދު މިއަދު މިވީ ބިލާހަކަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ހުޅުދޫ - މީދޫ ގުޅުވާނެ ކަމަށް މުއިއްޒު ވިދާޅުވެ ރައްޔިތުން ކައިރީގައި އިތުބާރު ކުރުމަށް އެދުނު އިރު އެ އިތުބާރު މިއަދު މުއިއްޒު ނަގާލާފައިވާކަމަށެވެ.

މުއިއްޒު އަންނަނީ ހުރިހާ ކަމެއްގައިވެސް ދޮގު ހަދަމުންދާ ކަމަށާއި ރަށްތައް ގުޅުވާ ބްރިޖްގެ މަސައްކަތް ފެށިފައިވާ ކަމަށް ރައްޔިތުންނަށް ދައްކުވާ ފޭކް ބަޔަކާއި އެކު ފޮޓޯތައް ނަގާ ރައްޔިތުންނަށް ފޭކް ހުވަފެން ދައްކާފައިވާ ކަމަށް ޖަމީލްގެ ޕޯސްޓްގައި ބުނެފައިވެއެވެ.

ހިތާމައަކީ މިހާރު އައްޑޫ ރައްޔިތުން އާ ވާހަކަތަކާއި ވައުދުތަކުގެ އަވާގައި ޖައްސުވައި އައްޑޫ ޣަރަގު ވަމުންދާ މަންޒަރު ފެންނަމުންދާތީ ކަމަށްވެސް ޖަމީލް ފާހަގަކުރެއްވިއެވެ.

-
-

މިގޮތުން، މި ސަރުކާރުން ނިންމައިގެން އައްޑޫ މީދޫ އާއި ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ރަށު ކައުންސިލްތައް އުފެއްދުމާ މެދު އެ ތިން ރަށުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މަސައްކަތް މިއަދު ދަނީ ކުރިއަށެވެ.

މިއަދު ހެނދުނު 8 ޖެހި އިރު ފެށި މި ވޯޓަށް ގިނަ ބަޔެއްގެ ތަރުހީބު ލިބިގެން ނުދާކަން ފާހަގަކުރެވެއެވެ. އެ ގޮތުން މިއަދުގެ 12 ޖެހުމާއި ހަމައަށް ވޯޓުލާފައިވަނީ އެންމެ 17 ޕަސެންޓް މީހުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved