March 17, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފްގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޕީއެންއެފްގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

މުއިއްޒު ސިޔާސީ މީހުން ހައްޔަރުނުކުރާ ކަމަކަށް މިހާރު ޤަބޫލެއްނުކުރެވޭ: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 26, 2025, 12:28 AM
މާލެ ސިޓީ

މުއިއްޒު ސިޔާސީ މީހުން ހައްޔަރުނުކުރާ ކަމަކަށް މިހާރު ޤަބޫލެއްނުކުރެވޭ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ޓައުން ހޯލްގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު އެމްޑީޕީއިން އިސްވެ އޮކްޓޯބަރު 03 ވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާއަށް ފަހު މުއިއްޒު އަންނަނީ އެމްޑީޕީގެ މަތީ ފަނޑީގައި ތިއްބެވި ބޭބޭފުޅުންނަށް އަންނަނީ ފާރަލައި އެކި ކަހަލަ ޖެއްސުންތައް ކުރަމުން ކަމަށެވެ.

އަދި އެމްޑީޕީގެ އެކްޓިވިސްޓުން ގޮތުގައި ހަރަކާތްތެރިވަމުން އަންނަ އަންހެން ކަނބަލުންގެ ފޯނު ދޮގު ޚަބަރު ފަތުރާ ކަމުގެ ތުހުމަތުގައި އަތުލާ ޖެއްސުން ކުރަމުން ދާ ކަމަށްވެސް އެމަނިކުފާނުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މުއިއްޒު އެމްޑީޕީގެ މަތީ ފަނޑީގައި ތިބި އެންމެންނަށް އެ އަންނަނީ ފާރަލަމުން، އެކި ކަހަލަ ޖެއްސުން ކުރަމުން، ނުވިތާކަށް ޒުވާން އަންހެންކުދިންގެ ފޯނު ޖަހައިގެންވެސް މިކުރަނީ އެކަން އިގޭތޯ

ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، މިއީ ހަމައެކަނި މުޒާހަރާއެއް ކުރި ކަމަށްޓަކައި މި ސަރުކާރުން ކުރަމުން އަންނަ ކަންތައްތައް ކަމަށާއި އެހެންކަމުން މުއިއްޒުގެ އަމަލުތައް މިހިސާބަށް ދިޔުމުން ސިޔާސީ މީހުން މުއިއްޒު ހައްޔަރު ނުކުރާ ކަމަށް ބުނެވެން ނެތް ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ސަރުކާރު ޒިންމާދާރު ކުރުވުމަށް ސަރުކާރުން ހިންގާ ނުރަނގަޅު ކަންކަން ފާހަގަކޮށް ވާހަކަދައްކާ ރައްޔިތުން ހޭލުންތެރި ކުރުވާނީ ސިޔާސީ މީހުން ކަމަށާއި މުއިއްޒު މިހާރު އެދަނީ ސީދާ ސިޔާސީ މީހުންގެ ފަހަތުން ކަމަށް އެމަނިކުފާނުގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ ކުރިން ސަރުކާރުތަކުގެ ނުރަނގަޅު ސިޔާސަތުތަކާއި ދީނީ މައްސަލަތައް ފާހަގަކޮށް އިސްލާމްދީން ނަގަހައްޓަން މީގެ ކުރިން އިލްމުވެރިން ވާހަކަދެއްކިޔަސް މިހާރު ދީނީ އިލްމުވެރިން ތިއްބެވީ ހަނުކަމުގައި ކަމަށްވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved