 
             
        
     
             
                        ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ބުނެެެފިނަމަ ވެރިކަމަށް އައިސް އެކަންތައްތަކެއް ކޮށްދޭންވާނެކަމަށް ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ތިލައުތުރު އެެވޯޑް ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ހއ.އަތޮޅު ކައުންސިލް ރައީސްގެ ފަރާތުން އެ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ދައުވަތު ދެއްވުމުން ސަބަބުތަކަކާހުރެ ވަޑައިނުގަނެވޭނެ ވާހަކަ އެންގެވިކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
"އަޅުގަނޑަކީ ޕީއެންއެފްގެ ޖަލްސާތަކުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ވާހަކަ ދައްކާ މީހެއް. ސަރުކާރު ޖަވާބު ދާރީ ކުރުވުމަކީ ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވާނަމޭ ކިޔާފައި އައި ކަންތައްތައް ފުއްދައިދެވޭތޯ ބެލުން" ރައީސް ޔާމީން ވިދާޅުވިއެވެ.
ގައުމު ބިނާކުރުމުގެ މަސައްކަތްތަކެއް ކުރައްވާކަމަށް ބަލާލިއިރު ފެނިގެންދަނީ ރާއްޖޭގެ އެހެން އަތޮޅަކަށް ވަޑައިގެން އުޅުއްވާ މަންޒަރުކަމަށާއި ހއ.އަތޮޅަށް ވަޑައި ނުގަނެވޭނެކަމަށް ވިދާޅުވުން އެެއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތަރައްގީގެ މަޝްރޫއުތައް ސަރުކާރަށް ނުހިންގިގެން އުޅެނީ އިދިކޮޅު ފަރާތްތަކުން އެކަން ކުރުމުގައި ހުރަސްއަޅާތީ ނޫންކަމަށާއި އެކަންކަަން ނުކުރެވެނީ ސަރުކާރުން އެކަންކަން ކުރުމުގެ ނިޔަތެއް ނުގެންގުޅޭތީކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
 
                                                                                                             
                                                                                                             
                                                                                                             
                                                                                                             
                                                                                                            