March 17, 2026
Advertisement
 ރައީސް ޔާމިނަށް ހއ.ދިއްދޫއިން ހޫނު މަރުހަބާއެއް
ރައީސް ޔާމިނަށް ހއ.ދިއްދޫއިން ހޫނު މަރުހަބާއެއް / ތޭރަ އޮންލައިން

ތަންތަނަށް ދިޔުން މަނާކޮށްގެން ގެންގުޅެން ބޭނުންވާ ސަބަބު ދިއްދޫން ކީ އިސްތިގްބާލުން ފެނުނު: ރައީސް ޔާމީން

Yana Shareef
ޔާނާ ޝަރީފް
Oct 28, 2025, 05:35 AM

ތަންތަނަށް ދިޔުން މަނާކޮށް ޖަލުގައި ގެންގުޅެން ސިޔާސީ ހަތުރުން ބޭނުންވާ ސަބަބު ހއ. ދިއްދޫއިން ކީ އިސްތިގްބާލުންވެސް އެނގިއްޖެކަމަށް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ތިލައުތުުރު 2025 އެވޯޑް ހަފްލާގައި ވާހަކަ ދައްކަވަމުންނެެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ވަޑައިގެންނެވުމަކީ އޭގެ ޒާތުގައި ސިޔާސީ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު އެ ރަށަށް ވަޑައިގަތުމުން އެކަން ވަރަށް ބޮޑަށް ސިޔާސީ ކޮށްލާފައިވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ އަޅުގަނޑު ހުއްޓި މި ހުރީ އުފާވެރިކަމުގެ ފިޔަވަޅެއްގައޭ، ހަމަ އެހެންމެ އަޅުގަނޑަށް މިހާރު ގަބޫލު ކުރެވޭ އަޅުގަނޑުގެ ވާދަވެރި ސިޔާސީ ހަތުރުން އަޅުގަނޑު ޖަލުގައި ގެންގުޅުމާއި ބަންދުގައި ގެންގުޅުމާއި ތަންތަނަށް ދިޔުން މަނާކޮށްގެން މިއުޅެނީ ކީއްވެގެންކަން މިއަދު އަޅުގަނޑަށް ދިއްދޫއިން ތިޔަ ވިދާޅުވި އިސްތިގުބާލުން އެކަންކަން ހަމަ ވަރަށް ސާފުކޮށް އަޅުގަނޑަށް ފެނިގެން ހިނގައްޖެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޖަލުގައި ބަހައްޓަވަން ބޭނުންވަނީ އެމަނިކުފާނު ތަންތަނަށް ވަޑައިގަންނަވާއިރު އެމަނިކުފާނަށް ތަރުހީބު އޮންނަ މިންވަރު ފެނިގެންދާނެތީކަމަށެވެ.

ހޯމަ ދުވަހު ތިލައުތުރު އެވޯޑު ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ޔާމީން ފުރާ ވަޑަައިގެންނެވީ 26 ވަނަ ދުވަހު އޮތް އަޑުއެހުން ކެންސަލްކޮށް ހޯމަ ދުވަހަށް ތާވަލު ކުރި ގަޑީގައެވެ. ރަސްމީކޮށް އެމަނިކުފާނު ވަނީ ފުރާވަޑައިގަންނަވާ ވާހަކައަދި އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންގޮސް ދެއްވުމަށް އެދިފައެވެ.

ނަމަވެސް އެމަނިކުފާނު ހޯމަ ދުވަހު ޝަރީއަތަށް ހާޒިރުވެވަޑައިނުގަތްކަމަށް ބުނެ ކްރިމިނަލް ކޯޓުން ވަނީ އެފަދަ ހާލަތްތަކުގައި ފިޔަވަޅު އެޅިގެންދާނެކަމަށް ބުނެ އިންޒާރު ދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved