theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން ދިއްދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފި / ތޭރަ އޮންލައިން
ހަބަރު
ރައީސް ޔާމީން ދިއްދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފި
Mariyam Isaadha
މަރިޔަމް އިސާދާ
28 އޮކްޓޯބަރު 2025
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން ދިއްދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފިއެވެ.

ހއ އަތޮޅު ކައުންސިލްގެ ދައުވަތަކަށް ރައީސް އަބްދުﷲ ޔާމީން ހޯމަ ދުވަހު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެމަނިކުފާނު މާލެ ވަޑައިގެންނެވީ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

މި ދަތުރަކީ ހއ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ތިލައުތުރު އެވޯޑް 2025 ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅެކެވެ. އެ ޖަލްސާގެ އަރުތަވެރިންނާ އިނާމާ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވުމަށް ފަހު އެމަނިކުފާނު ވަނީ ހަފްލާގައި ވާހަކަފުޅު ދައްކަވާފައިވެއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އެ ދަތުރުފުޅު ވަޑައިގަންނަވާކަން ސަރުކާރަށް އެނގުމާ އެކު ކުރިމަތިކުރުވި އުނދަގުލާ ތުރާލުގެ ވާހަކަ ހިއްސާކުރައްވާފައެވެ. އެގޮތުން ކުރިން ރޭވިފައި ނެތް އަޑު އެހުންތަކެއް ކުއްލިއަކަށް ނުރަސްމީ ގަޑިއަކާ ދިމާކޮށް ތާވަލްކޮށް ކޯޓަށް ހާޒިރުވާން އެންގި އެންގުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވަނީ އެމަނކުފާނު ބަންދުކޮށް ތަންތަނަށް ދިއުން މަނާކޮށް ސަރުކާރުތަކުން ހިންގަމުންދާ ޖަރީމާތަކުގެ އަސްލު، ދިއްދޫއިން އެމަނިކުފާނަށް ކިޔުއްވި ހޫނު މަރުހަބާއިން ހާމަވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ދިއްދޫއަށް ވަޑައިގެންެވީ ޖިހާދެއް ކުރައްވާ ކަމަށާ އެހެން އެކަން ކުރެއްވީ ގައުމާ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.

މި ދަތުރުގައި އެމަނިކުފާނު ވަނީ ހއ އަތޮޅު ކައުންސިލާ، ދިއްދޫ ކައުންސިލާ ވެސް ބައްދަލުކުރައްވާފައި. އެމަނިކުފާނު ވަނީ ސިޔާސީ ޚިޔާލު ތަފާތުވީ ނަމަވެސް ރައީސްކަން ކުރައްވާފައި ތިއްބަވާ ބޭފުޅުންނަށް އަދަބު އިހުތރިާމު އަދާކުރައްވަން ޖެހޭނެ ކަމަށް ވިދާޅުވެފައި. އެގޮތުން ހއ އަތޮޅު ކައުންސިލުން ދެއްކީ ނަމޫނާއެއް ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ ކައުންސިލްތަކަކީ ސަރުކާރުން ކޮންޓްރޯލު ކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އެމަނިކުފާނު ވަނީ ހއ. އަތޮޅު ކައުންސިލް ބިރު ފަހަނަ އަޅާ ގޮސް އެމަނިކުފާނަށް ދެއްވި ދައުވަތަށް އިޅްލާސްތެރި ޚާލިސް ނިޔަތަކާ އެކު ޝުކުރު އަދާކުރައްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ ހއ. އަތޮޅު ކައުންސިލްގެ އެ އިސްނެގުމުން ހިތްވަރު ލިބިގަނެއް އެހެން ކައުންސިލްތަކުން ވެސް ސަރުކާރު ދެކެ ގަންނަ ބިރު ފިލުވާލާނެ ކަމަށެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނު ދެން ވެރިކަމަށް ވަޑައިގެން ގެންގުޅުއްވާނީ މުޅި ރާއްޖެ އެއްކޮށް ތަރައްގީ ކުރުމުގެ ވިޝަންއެއް ކަމަށް ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved