March 17, 2026
Advertisement
މަޖިލިސް މެޖޯރިޓި ލީޑަރ އިބްރާހިމު ފަލާހު
މަޖިލިސް މެޖޯރިޓި ލީޑަރ އިބްރާހިމު ފަލާހު / ތޭރަ އޮންލައިން

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭން ދޫކުރި ގޯތިތައް ދައުލަތަށް ނަގަން ފަލާހު ގޮވާލައިފި

Yana Shareef
ޔާނާ ޝަރީފް
Oct 29, 2025, 04:10 AM

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރި ގޯތިތައް ބަދަލު ދިނުމަށްފަހު ދައުލަތަށް ނަގަންޖެހޭ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

Advertisement

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން އިގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކުރި ގޯތިތަކުގެ ސަބަބުން ދައުލަތަށް އެތައް ގެއްލުމެއް ވަމުން އަންނަ ކަމަށެވެ.

ފަލާހު ވިދާޅުވީ ގޯތިތަކުގެ ސަބަބުން ދައުލަތަށް އެހާ ބޮޑު ގެއްލުމެއް ލިބިފައިވާ އިރު، އެ ގޯތިތައް ދައުލަތަށް ނަގަން ޖެހޭ ކަމަށެވެ. އެއީ އެނާގެ އަމިއްލަ ހައިސިއްޔަތުން ވިދާޅުވާ ވާހަކައެއް ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑު އެއްގޮތަކަށް ވެސް މިތަނުގެ މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ދަންނަވާ ވާހަަކައެއް ނޫން. ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ޝުއޫރެއް މިއަދު މި ފާޅުކުރަނީ. އަޅުގަނޑުގެ ހިޔާލަކީ އަދިވެސް ދީފައި އެ ހުރި، ހިލޭ ދީފައި އެ ހުރި ބިންތައް، އެތަނުގައި ވަށާ ފާރެއް ރާނާފައި ހުރިއްޔާ ވަށާފާރުގެ ބަދަލު ދީފައި، ގޯއްޗެއް ރާނާފައި ހުރިއްޔާ ގޯތީގެ ބަދަލު ދީފައި ހުރިހާ އެއްޗެއް ދައުލަތަށް ނެގުން،" ފަލާހު ވިދާޅުވި އެވެ.

އެނާ ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތައް ދައުލަތަށް ނަގަން ރާއްޖޭގެ 99 ޕަސެންޓު މީހުން ތާއީދުކުރާނެ ކަމަށެވެ. އެ ގޯތިތައް ދައުލަތަށް ނެގުމުން، 10 ވަރަކަށް ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved