 
             
        
     
             
                        ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ތަރައްގީގެ މަޝްރޫއުތަކުގެ ނަމުގައި އިފްތިތާހު ކުރާ މަޝްރޫއުތަކަކީ ރައްޔިތުންނަށް ޖޯކަކަށްވެފައިވާ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ރައީސް އަބްދުﷲ ޔާމީންއާ ރައީސް މުއިއްޒު އެއް ވަގުތެއްގައި ދެ ހަފްލާއެއްގައި ވާހަކަފުޅު ދެއްކެވިއިރު ބަލަން ތިބި ބެލުންތެރިންގެ އަދަދު ފެންނަ ސްކްރީން ޝޮޓުތަކެއް ހިއްސާ ކުރައްވާ ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ޑރ ޖަމީލު ވަނީ، ތިމަންނަ މިއަންނަނީ ރައީސް ޔާމީނުގެ ތަރަައްގީއާ އެމަނކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް ވެރިކަން ކުރަންށޭ ކިޔާ ހުސްގޮނޑި ދައްކާ ވެރިކަން ހޯދާ ރައީސް މުއިއްޒު ރައްޔިތުންނަށް ޚިޔާނާތްތެރިވިކަން މިއަދު ރައްޔިތުން ގަބޫލް އެބަކުރާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ވެރިކަމަށް ރައީސް މުއިއްޒު އައީވެސް ރައީސް ޔާމީނާ ކައިރި ކުރާވަރުގެވެސް ގާބިލްކަމެއް ނެތްކަން ގަބޫލްކޮށްގެން ކަމަށާ މިއަދު، ރައީސް މުއިއްޒު މާނަ ކުރާ މަޝްރޫޢުތަކަކީ ރައްޔިތުން ކުރިމަތީ ޖޯކަކަށްވެފައިވާ ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ ރައީސް މުއިއްޒު އޭޓިއެމް މެޝިންކޮޅަކާ މަގުކޮންނަ ކުޑަ ހައިމާކާއިއެކު ރަށްރަށަށް ދިއުމުން ފެންނަނީ އެމަނިކުފާނުގެ ތަޞައްރަފު ނުފުދޭ މިންވަރު ކަމަށް ވެސް ވިދާޅުވެފައެވެ.
ހަމައެހެންމެ ރައީސް މުއިއްޒު ކައިރީ ތިބީ ފެންވަރެއް ތަޢްލީމެއް ނެތް ބައެއްކަމަށް ވިދާޅުވެ ޑރ ޖަމީލު އިތުރަށް ވިދާޅުވެފައިވަނީ ރައީސް މުއިއްޒަކީ ހުނަރެއް ހުރި ލީޑަރެއް ނޫން ކަމަސެވެ. އަދި ލީޑަރުންނާ ޗާންސަކުން ވެރިކަމަށް އާދެވޭ މުއިއްޒު ފަދަ ގާބިލުކަމެއް ނެތް މީހުންގެ ތަފާތު ދެ ހަފްލާގައި ދެ ރައީސުން އެއް ވަގުތެއްގައި ވާހަކ ދެއްކެވި އިރު ކަންބ ހިނގާ ދިޔަ ގޮތުން ވެސް ފެނިގެން ދިޔަ ކަމަށެވެ.
ތަންދޮރުނޭގޭ ބޮޓުންނާ، ރައީސް މުއިއްޒު އަރިހު ތިބި ފަލާހާ އަދި ޝުޖާއުމެން ފަދަ އިލްމެއް ނެތް މީހުން މަރުފަލިޖެހިއަސް ދެން ރައީސް މުއިއްޒު ރައްޔިތުން ކުރިމަތީ ލެގަސިއެއްގެ ގޮތުގައި ނުވިއްކޭނެކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ދެން ހުސްގޮނޑީގެ ޖާދޫވެސް ނުދެއްކޭނެކަމަށް ވިދާޅުވެފައެވެ. އެއްކަމެއް ނުވެ ދޮގު ހަދާތާ ދެ އަހަރުވާން ދާކަން ފާހަގަކުރައްވާ ޑރ ޖަމީލު ވަނީ ގައުމު ދިޔައީ ފަހަތަށްކަމަށްވެސް ވިދާޅުވެފައެވެ.
 
                                                                                                             
                                                                                                             
                                                                                                             
                                                                                                             
                                                                                                            