ވޯލްޑް ސައިޓް ޑޭ ނަމުގައި އައިކެއާ (EyeCare) އިން ބާއްވާ ހަވީރެއް މާދަމާ ހަވީރު ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ނިންމައިފިއެވެ.
2025 އޮކްޓޯބަރު 31 ވަނަ ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 22:00 ޖަހަންދެން ކުރިއަށްދާ މި ހަރަކާތުގައި ހިލޭ ލޯ ސްކްރީން ކުރުމުގެ ޚިދުމަތް ދެވިގެންދާނެ ކަމަށް އައިކެއާއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތަކާއި، ކުރެހުމުގެ މުބާރާތަކާއި ތަފާތު ވައްތަރުގެ ފުޑް ސްޓޯލްތައް ލައިވް މިއުޒިކާއި އެކު މި ހަރަކާތުގެ ތެރެއިން ހުންނާނެ ކަމަށް އެ ކުންފުނިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ވެއެވެ.
އައިކެއާއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޮލުގެ ޚިދުމަތް ދެމުންދާ ކުންފުންޏެވެ. ރައްޔިތުންގެ އިތުބާރާއި ލޯބި ހޯދާފައިވާ މި ކުންފުންނިން ހެޔޮ އަގުގައި ލޮލުގެ ފަރުވާއާއި އައިނު ހެދުމުގެ މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ކުރަމުންނެވެ.