March 27, 2026
Advertisement
..
.. / ސޯޝަލް މީޑިއާ

2026 ވަނަ އަހަރުގެ ބަޖެޓްގެ ބޮޑު ބައެއް މުއިއްޒަށާއި, ނައިބު ރައީސްގެ އިތުރުން އަދުރޭއަށް!

Yana Shareef
ޔާނާ ޝަރީފް
Oct 30, 2025, 09:00 PM

2026 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި ރައީސުލްޖުމްހުރިއްޔާގެ ނައިބު, އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް, އަބްދުއްރަހީމް އަބްދުالله (އަދުރޭ) ދިރިއުޅުއްވާ ރަސްމީ ގެތަކަށް ޖުމްލަ 52 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

Advertisement

އެންމެ ބޮޑު ހަރަދެއް ދާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވަނީ މުލީއާގެއަށެވެ. އެގޮތުން އަންނަ އަހަރަށް މުލީއާގޭގެ ހަރަދުގެ ގޮތުގައި ބަޖެޓުގައި ހިމަނާފައިވަނީ 34 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ބަޖެޓަށް ވުރެ ހަތަރު މިލިއަން އިތުރު އަދަދެކެވެ.

ނައިބު ރައީސްގެ ރަސްމީ ގެ، ހިލާލީގެއަށް އަންނަ އަހަރު ހަރަދުވާނެ ކަމަށް ލަފާކޮށް ބަޖެޓުގައި ޖަހާފައިވަނީ 14 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރަށް ބަޖެޓުކުރި އަދަދަށް ވުރެ 4.2 މިލިއަން އިތުރު އަދަދެކެވެ.

އަދުރޭގެ ގެކޮޅަށް ހިނގާނެ ހަރަދުގެ ގޮތުގައި ހިމަނާފައިވަނީ 4.1 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ބަޖެޓަށްވުރެ 1.1 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ދައުލަތުގެ ބަޖެޓުގައި 64.2 ބިލިއަން ރުފިޔާ ހުށަހަޅާފައިވާއިރު މިއީ ސަރުކާރުން ބޭކާރު ހަރަދުކުރުމަށް ބޮޑު އެއްޗެއް ބަޖެޓުގައި ހިމެނުއްވި ފުރަތަމަ ފަހަރު ނޫންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved