"ވޯލްޑް ސައިޓް ޑޭ" ނަމުގައި އައިކެއާ (EyeCare) އިން އިސްނަގައިގެން އިއްޔެ ހަވީރު ސޯޝަލް ސެންޓަރުގައި ބޭކުރިއަށް ގެންދިޔަ ހަރަކާތްތައް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
2025 އޮކްޓޯބަރު 31 ވަނަ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 ޖަހަންދެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ހިލޭ ލޯ ސްކްރީން ކުރުމުގެ ޚިދުމަތް ފޯރުކޮށްދީފައިވެއެވެ.
މީގެ އިތުރުން، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތަކާއި، ކުރެހުމުގެ މުބާރާތަކާއި ތަފާތު ވައްތަރުގެ ފުޑް ސްޓޯލްތައް ލައިވް މިއުޒިކާއި އެކު މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ.
އައިކެއާއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޮލުގެ ޚިދުމަތް ދެމުންދާ ކުންފުންޏެވެ. ރައްޔިތުންގެ އިތުބާރާއި ލޯބި ހޯދާފައިވާ މި ކުންފުންނިން ހެޔޮ އަގުގައި ލޮލުގެ ފަރުވާއާއި އައިނު ހެދުމުގެ މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ކުރަމުންނެވެ.