February 27, 2026
Advertisement
ރައީސް މުއިއްޒު އަދި މިނިސްޓަރު ޒަމީރު
ރައީސް މުއިއްޒު އަދި މިނިސްޓަރު ޒަމީރު / ރައީސް އޮފިސް

ކާނާއަށް ކުރާ ޚަރަދު އިތުރުކޮށްގެން މެނުވީ މިނިވަންކަން ނުދެމެހެއްޓޭނެ: އަލީ ހުސެއިން

Mariyam Isaadha
މަރިޔަމް އިސާދާ
Nov 1, 2025, 11:33 PM
މާލެ ސިޓީ

ދައުލަތުގެ ބަޖެޓުން ކާބޯތަކެއްޗަށް ކުރާ މިންވަރު އިތުރުކުރެވިގެން މެނުވީ ގައުމުގެ މިނިވަންކަން ނުދެމެހެއްޓޭނެ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

Advertisement

އަލީ މިފަދައިން ވިދާޅުވި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅާފައިވާއިރު، އަސްކަރީ ހަރަދުތަކަށް 2.6 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެ ޚަބަރު ހިއްސާކުރައްވާ އަލީ ވިދާޅުވެފައިވަނީ، އަސްކަރީ ޚަރަދުތައް ކުޑަކޮށް، ކާނާގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމަށް ކުރާ ޚަރަދު އިތުރުކޮށްގެން ނޫނީ އަހަރެމެންގެ މިނިވަންކަން މުސްތަގުބަލުގައި ދަމަހައްޓަން އުނދަގޫވެދާނެ ކަމަށެވެ..

ނަމަވެސް އަލީ އެ ވިދާޅުވި ވިދާޅުވުމަކީ މިނިވަންކަމަށް ކޮން ދިމާއަކުން އަންނަ ނުރައްކަލެއްގެ އިޝާރާތެއް ކަން ހާމަކޮށްފައިނުވެއެވެ.

އަލީ މިފަދައިން ވިދާޅުވެފައިވާއިރު، އެމްއެންޑީއެފްގެ ބަޖެޓަށް ބަލާއިރު މި އަހަރަށްވުރެ މަދުން ހިމަނާފައިވަނީ އެގްޒެކެޓިވް އަދި އިދާރީ ހިދުމަތްތަކަށް ދާނެ ކަމަށް ލަފާކުރާ ހަރަދާއި ފަންކްޝަނަލް ކޮމާންޑްސްގެ ހަރަދެވެ. ދެން ހުރި ހުރިހާ ކަމަކަށް ވެސް މި އަހަރަށްވުރެ އަންނަ އަހަރަށް ލަފާކުރާ ހަރަދު ބޮޑެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އަސްކަރީ ދިފާއަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 2.8 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ބަޖެޓަށްވުރެ 456 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ ތެރޭގައި އެމްއެންޑީއެފްގެ ބަޖެޓާއި ދިފާއީ އިންފްރާސްޓަކްޗާ ގާއިމުކުރުމަށް ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރާ ފައިސާ ހިމެނެއެވެ.

ޕީއެސްއައިޕީ ބަޖެޓުން ދިފާއި ކަންކަމަށް ހަރަދުކުރުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވަނީ 247 މިލިއަން ރުފިޔާ އެވެ. މި އަަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ދިފާއީ ކަންކަމަށް ހަރަދުވާނެ ކަމަށް ހިމަނާފައިވަނީ 85 މިލިއަން ރުފިޔާއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved