March 13, 2026
Advertisement
ކޮޅުވެއްޓީ ބަންޑުން ޖަހާލުން: ޖުމްލަ 6 މީހަކު ވަނި ހޮސްޕިޓަލަށް ގެންގޮސްފައި
ކޮޅުވެއްޓީ ބަންޑުން ޖަހާލުން: ޖުމްލަ 6 މީހަކު ވަނި ހޮސްޕިޓަލަށް ގެންގޮސްފައި / ޕޮލިސް މީޑިޔާ

ކޮޅުވެއްޓި ބަންޑުން ޖަހާލުން: ގެނބިގެން އެކަކު ނިޔާވެއްޖެ

Faina Faiz
ފައިނާ ފާއިޒް
Nov 2, 2025, 11:42 PM
މާލެ ސިޓީ

އެމްޕީއެލް ބަނދަރާ ދިމާލުގައި އޮތް ކޮޅުވެއްޓިއެއް ބަންޑުންޖަހާލައިގެން ހިނގި ހާދިސާގައި ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މަސްއޫދު ނިޔާވެއްޖެއެވެ.

Advertisement

ފުލުހުން ހާމަކޮށްފައިވާގޮތުގައި އޭނަ ވަނީ ބަންޑުންޖަހާލި ލޭންޑިންކްރާފްޓު ތެރޭގައި ތާށިވެފައިއެވެ.

ލޭންޑިން ކްރާފްޓުގައި މީހެއް ތާށިވެފައިވާ ހަބަރު ލިބުމުން އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރުން ޑައިވްކޮށްގެންއިން އޭނާ ނަގާފައިއެވެ. އޭނާ ނަގާފައި ވަނީ ރަސްފަންނާ ދިމާލުން ބޭރުންނެވެ.

މި ހާދީސާގައި ވަނީ 6 މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންނެވެ. މީގެ ތެރޭގައި 2 ބިދޭސީންނާއި 4 ދިވެހިން ހިމެނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މާލޭގެ އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލާފައިވަނީ މިއަދުގެ މެންދުރުން އަނބުރާ 3:44 ހާކަން އިރު އެވެ. އެ ސަރަހައްދުގައި ފުލުހުންނާ އެމްއެންޑީއެފުން ވެސް ހަރަކާތްތެރިވަމުން ދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved