March 13, 2026
Advertisement
-
- / އެމްޕީއެލް

ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި އަނިޔާވި ދިވެހި ޒުވާނާ ނިޔާވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 3, 2025, 04:01 PM
މާލެ ސިޓީ

އެމްޕީއެލް ބަނދަރު ސަރަހައްދު ބޭރުން ކޮޅުވެއްޓިއެއް ބަންޑުންޖަހާލި ހާދިސާގައި ވަރަށް ބޮޑަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އައި ދިވެހި ޒުވާނާ ރޭ ނިޔާވެއްޖެ އެވެ.

Advertisement

މި ހާދިސާގައި ނިޔާވީ އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ގއ. ގެމަނަފުށީ، ދިލްބަހާރުގޭ، އަލީ އަފްލާހު އަބްދުﷲ އެވެ. އުމުރުން 25 އަހަރުގެ އެ ޒުވާނާ ނިޔާވީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ.

އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ މެންދުރު ފަހު 15:44ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ހާދިސާގައި ހަ މީހަކަށް އަނިޔާވިއެވެ. ފުލުހުން ފަހުން ވިދާޅުވި ގޮތުގައި އެ ހާދިސާގައި އަނިޔާވީ ހަތަރު ދިވެހިންނަށާއި ދެ ބިދޭސީންނަށެވެ. އެ މީހުންނަށް ފަރުވާ ދިނުމަށް ގެންދިޔައީ އައިޖީއެމްއެޗްއަށެެވެ.

އެ ހާދިސާގައި އިއްޔެ އެކަކު ވަނީ ނިޔާވެފައެވެ. އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ.

އަފްލާހްގެ ކަށުނަމާދު މިއަދު މެންދުރު ފަހު އާސަހަރާ މިސްކިތުގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި ކޮޅުވެއްޓިއެއް ވެސް މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރޭ ބަންޑުން ޖަހާލައި، ތިން މީހަކު މަރުވެފައި ވެ އެވެ. އޭގެ ތެރެއިން އެކަކީ ވެސް ދިވެއްސެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved