ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނޮވެމްބަރު 3، ގެ ޝަރަފުގެ ހާއްސަ އައްޑަނަ މިއަދު އަރުވައިފި އެވެ.
އެ އައްޑަނަ އަރުއްވާފައިވަނީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ކުރިއަށް ދިޔަ ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާގައެވެ.
އެ އައްޑަނަ ރައީސް މައުމޫނަށް އެރުވުމަށް ނިންމާފައިވަނީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރުމުގެ ގޮތުންނެވެ.
މިޖަލްސާގެ ތެރެއިން ނޮވެމްބަރު 3، ގައި ޝަހީދުވި ސިފައިންނާއި އާންމުންގެ ހަނދާނުގައި އެ ސިފައިންގެ އާއިލާތަކަށް ވެސް ހާއްސަ އައްޑަނައެއް ވަނީ ދީފައެވެ.
ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ އަށް ބޭފުޅުންނެވެ. އަދި އާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.