ރައީސް މައުމޫންގެ އަތުލިޔުމުގެ ފޮންޓެއް ނެރުމަށް ވަނީ ތައްޔާރުވެފައި: މި ފޮންޓު ފަރުމާކޮށްފައިވަނީ އަބްދުﷲ ޝަފީއު - / ސޯޝަލް މީޑިއާ
ހަބަރު
ރައީސް މައުމޫނުގެ އަތުލިޔުން އަސްލަކަށް ބަލައިގެން ފޮންޓެއް ނެރެނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
19 ފެބްރުއަރީ 2025
މާލެ ސިޓީ

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ އަތުލިޔުން އަސްލަކަށް ބަލައިގެން ފޮންޓެއް ނެރެން ތައްޔާރުވެއްޖެ އެވެ.

މި ފޮންޓަށް ދީފައިވާ ނަމަކީ "މައުމޫން"އެވެ. މިއީ ރާއްޖޭގެ ރައީސެއްގެ އަތުލިޔުއްވުމުގެ ފޮންޓެއް ނެރޭ ފުރަތަމަ ފަހަރެވެ.

މި ފޮންޓަކީ "ދިވެހި ޓައިޕް" އާއި "ދަ މައުމޫން ފައުންޑޭޝަން" ގުޅިގެން ލޯންޗުކުރާ ފޮންޓެކެވެ. ފޮންޓު ލޯންޗުކުރުމަށް ފަހު އާންމުންނަށް މި ފޮންޓު ދައްކާލުމަށް މައުރަޒެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

މި މައުރަޒު ކުރިއަށް ދާނީ، ހޮނިހިރު ދުވަހު ހެންދުނު 10:00އިން 11:00އަށް މާލޭ އާޓް ގެލެރީގަ އެވެ.

ތާނަ ފޮންޓުތަކަށް ހާއްސަ ވެބްސައިޓު އަކުރު ޓައިޕްއިން މި ފޮންޓު ޑައުންލޯޑު ކުރެވޭނެ އެވެ.

މައުމޫނަކީ އަރަބިން ވެސް ވަރަށް ރީތިކޮށް ލިއުއްވާ ބޭފުޅެކެވެ. އިސްލާމިކް މަރުކަޒުގެ މިސްކިތުގެ އެތެރޭގައި ހުރި ބައެއް ލިއުންތައް ލިއުއްވީ ވެސް އެމަނިކުފާނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved