މައުރޫފު މަސައްކަތްކޮށްފައިވަނީ ހުޅުމާލެއަކީ އޭނައާ ރައީސް މައުމޫނުގެ ތަރައްގީކަން ދެއްކުމަށް / ސޯޝަލް މީޑިއާ
ހަބަރު
ހުޅުމާލެއަކީ ވަކި ބައެއްގެ ތަރައްގީކަމަށް ދެއްކުމަށް މައުރޫފު ޖަމީލު މަސައްކަތްކުރައްވައިފި
04 ޖޫން 2025
ހުޅުމާލެ

މާލެ ސަރަހައްދުގައި މިހާރު ދިރިއުޅެން އެންމެ ގިނަ ބަޔަކު ބޭނުންވާ ހުޅުމާލެ އަކީ ވަކި ބައެއްގެ ތަރައްގީގެ ގޮތުގައި ދެއްކުމަށް، ހުޅުމާލެ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މިހާރު މެނޭޖިން ޑިރެކްޓަރ މައުރޫފު ޖަމީލު މަސައްކަތްކުރައްވައިފިއެވެ.

އެޗްޑީސީގެ މުވައްޒަފަކު ނަން ހާމަނުކުރުމަށް އެދި "ތޭރަ އޮންލައިން" އަށް މައުލޫމާތު ދީފައިވާ ގޮތުގައި މައުރޫފު ވަނީ ހުޅުމާލެ އަކީ ހަމައެކަނި ރައީސް މައުމޫނު އަބްދުލްގައްޔޫމު ގެންނެވި އެއް ތަރައްގީއެއް ކަމާ އަދި އެކަމުގައި ހިއްސާ އޮތް ހަމައެކަނި އެމްޑީއަކީ އޭނާކަން ދެއްކުމަށް ޕާކެް ގާއިމުކޮށް ފޮޓޯތަކެއް އެ ސަރަހައްދުގައި ބަހައްޓާފައެވެ.

އެގޮތުން ހުޅުމާލެ ފެރީ ޓާމިނަލް ޕާކާ ސެންޓްރަލް ޕާކާ ދެމެދަށްވާ ގޮތަށް އޮތް ހުސްތަނެއް ސާފުކޮށް ހަމައެކަނި ވޯކްވޭތަކެއް ހަދާ ލަކުޑި ގޮނޑިތަކެއް ޖެހުމަށް ފަހު ރައީސް މައުމޫނު ހުޅުމާލެ އާބާދުކޮށްދެއްވަން ފެއްޓެވި މަސައްކަތުގެ ފޮޓޯއަކާ އަދި އޭރު މައުރޫފު ޖަމީލު އެ މަސައްކަތުގައި އުޅުނު މަންޒަރު ފެންނަހެން ހުރި ފޮޓޯތަކެއް ބޯޑުތަކެއްގެ ގޮތުގައި ބަހައްޓާފައިވާ ކަމަށްވެއެވެ.

މި ޕާކަކީ ކުރިން ހުޅުމާލޭގެ އޮންނަ ގޮތަށް ކުރެހުމުގައިވެސް ޕްލޭންކޮށްފައިވާ ޕާކެއް ނޫން ކަމަށާ މި ޕާކު ހެދީ ހުޅުމާލޭގެ "ސްޓޯރީ" ކިޔައިިދޭން އެމްޑީ ބޭނުންވެގެން ކަމަށް ވެސް އެ މުވައްޒަފު ވަނީ ކިޔާދީފައެވެ. އެ މުވައްޒަފު ފާހަގަކުރި ގޮތުގައި ހުޅުމާލޭގެ ސްޓޯރީ ގެންނަން ހެދި ޕާކުގައި އެ ޝަހަރަށް އެންމެ ގިނަ ހިދުމަތްކޮށްދެއްވާ ތަރައްގީ ގެނެސްދިން ރައީސްގެ 5 އަހަރުވެސް ވަނީ ގެއްލުވާލާފައެވެ. އަދި ރައީސް މައުމޫނު ފިޔަވައި އެހެން އެއްވެސް ރައީސެއްގެ މަސައްކަތް ފެންނަހެން ވެސް ފޮޓޯއެއް ބަހައްޓާފައިނެތް ކަމަށްވެއެވެ. އަދި އެޗްޑީސީއަކީ ގިނަ އެމްޑީއިންތަކެއްގެ ހިދުމަތް ލިބިގެން ދިޔަ ތަނަކަށްވާއިރު މައުރޫފު ފިޔަވާ އެހެން އެއްވެސް އެމްޑީއެއްގެ ފޮޓީވެސް "ހުޅުމާލޭ ސްޓޯރީ" ކިޔައިދޭން ގާއިމު ކުރި ޕާކުން ފެންނަން ނެތުން ވެސް އެ މުވައްޒަފު ފާހަގަކޮށްފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕާކު ހެދުމަށް 15 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ހުޅުމާާލޭ ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 1997 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ހުޅުލޭ-ފަރުކޮޅުފުށި ފަޅުން 1.3 ކިލޯމީޓަރު (0.81 މިލި) ބޭރުން މާލޭގެ ހުޅަނގު އުތުރު ފަރާތު ގައެވެ. 11 މިލިއަން ޑޮލަރު ޚަރަދުކޮށްގެން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސް (އެމް.ސީ.ޕީ.ޑަބްލިއު) އިން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ފުރަތަމަ ބިން ހިއްކުމުގެ މަސައްކަތް ކޮށްފައިވަނީ 45% ބިމުގެ ބޮޑުމިނާއި، 188 ހެކްޓަރު (460 އޭކަރު) ގެ މައްޗަށެވެ. ދެން މި މަސައްކަތް ކުރިއަށް ގެންދިޔައީ ބެލްޖިއަމްގެ ޖޮއިންޓް ވެންޗާ ކުންފުންޏަކާއި އިންޓަނޭޝަނަލް ޕޯޓް އިންޖިނިއަރިން އެންޑް މެނޭޖްމަންޓް (އައިޕީއީއެމް) އާއި ޑްރެޖިން އިންޓަނޭޝަނަލް (ޑީއައި) ގުޅިގެން ނެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހިއްކުމާއި ގޮނޑުދޮށް ތައް ތަރައްޤީ ކުރުމުގެ ހުރިހާ މަސައްކަތެއް 2002 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިމިފައިވާއިރު، 2004 ވަނަ އަހަރު 1000 ރައްޔިތުން ވަނީ މިރަށަށް ބަދަލުވެފައެވެ. އެއީ ރައީސް މައުމޫނުގެ ދައުރުގައެވެ.

އެއަށް ފަހު ހުޅުމާލެއަށް އިންގިލާބީ ބަދަލުތަކެއް ގެންނެވީ ރައީސް ޔާމީންއެވެ. އެގޮތުން 2015 ވަނަ އަހަރު ނިމިފައިވާ ހިއްކުމުގެ ދެން އޮތް ފިޔަވަހީގައި 244 ހެކްޓަރު (600 އޭކަރު) އިތުރުކޮށް، 2019 ވަނަ އަހަރު ނިމުނުއިރު 50،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން ދިޔައެވެ. އަދި އޭރު ހުޅުމާލެ އާ މާލެ އާ ދޭތެރޭ ކަނޑުމަގުން ކުރަމުން އައި ދަތުރުތައް ނިމުމަކަށް ގެންނަވާ، އެތައް ބަޔަކު ނޭޅޭނެ ކަމަށް ބުނި ބްރިޖު އަޅާ މާލެ ހުޅުމާލެ ފާލަމުން ގުޅާލަ ދެއްވާ އަދި ޒުވާނުންގެ ޝަހަރުގެ ބިން ހިއްކަވާ އެ ޝަހަރުގައި 18 ޓަވަރުގެ ގާއިމުކޮށް 7000 ފްލެޓު އެޅުއްވީވެސް ރައީސް ޔާމީނެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved