February 22, 2026
Advertisement
މަސްވެރިން މަސް ބާނަނީ
މަސްވެރިން މަސް ބާނަނީ / އެޑިޝަން.އެމްވީ

މަސް އެކްސްޕޯޓް ކުރި މިންވަރު ދަށްވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Mar 2, 2024, 05:33 PM
މާލެ ސިޓީ

ރާއްޖެއިން މިއަހަރުގެ ޖެނުއަރީ މަހު މަސް އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 47 ޕަސަންޓް ދަށަށް ހިނގައްޖެ އެވެ.

Advertisement

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން ބޭރުކޮށްފައިވަނީ 4،512 މެޓްރިކް ޓަނުގެ މަހެވެ.

ރާއްޖެއިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު 8،574 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ.

ރާއްޖެއިން މިދިޔަ ޖެނުއަރީ މަހު އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ކަޅުބިލަ މަސްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ތާޒާ އަދި ގަނޑުކުރި ކަޅުބިލަ މަހުގެ ގޮތުގައި 2،213 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ.

މީގެ އިތުރުން 1،472 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި ބޭރުކޮށްފައިވެ އެވެ.

މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 664.6 މެޓްރިކް ޓަނުގެ މަސް ޖެނުއަރީ މަހު ރާއްޖެއިން ވަނީ ބޭރުކޮށްފައެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހު ބައިނަލްއަގުވާމީ ބާޒާރުގައި ކަޅުބިލަ މަސް ކިލޯއެއް ހުރީ 22.4 ރުފިޔާ އަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved