theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ޕޮލިސް މީޑިޔާ
ހަބަރު
ނަސްރުގެ ދުވަހުގެ ހަރަކާތްތަކަށް ޖުމުހޫރީ މައިދާން ސަރަހައްދު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
03 ނޮވެމްބަރު 2025
މާލެ ސިޓީ

ނަސްރުގެ ދުވަހާ ގުޅިގެން މިއަދު ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކޮށް ސޯޝަލް ސެންޓަރުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އާ ގުޅިގެން ސޯޝަލް ސެންޓަރު ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ސޯޝަލް ސެންޓަރުގެ ވަށައިގެންވާ މަގުތައް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ނަސްރުގެ ދުވަހުގެ މިލިޓަރީ ޑިސްޕްލޭ އިވެންޓާ ގުޅިގެން ޖޫމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކާއި ފަޅު ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފުލުހުން ވަނީ ބަންދުކޮށްފައިވާ މަގުތަކުގެ ޗާޓެއް ވެސް އާންމުކޮށްފައެވެ. އެ ޗާޓުގައިވާ ގޮތުން، އެއްގަމު އުޅަނދު ފަހަރަށް، ބޮޑުތަކުރުފާނު މަގުން ވަޅޯމަސް މާރުކޭޓާ ހިސާބުން ފެށިގެން ބީއެމްއެލް ހެޑް އޮފީހާ ހަމައަށް ބަންދުވާނެއެވެ.

އަދި އޯކިޑް މަގުގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާ ހިސާބުން ފެށިގެން އަމީރު އަހުމަދު މަގުން ރައީސް އޮފީހާ ހަމައަށް އެ މަގު ބަންދުވާނެއެވެ. ޗާންދަނީ މަގުގެ ސީގަލް ކަންމަތިން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ވެސް ބަންދުވާނެ ކަމަށް ޗާޓްގައިވެއެވެ.

ޗާންދަނީ މަގު ޖުމްހޫރީ މައިދާނާ ހިސާބުން ފެށިގެން ރައީސް އޮފީހާ ހަމައަށް ވަށައިގެން އޮންނަ ސަރަހައްދު ވެސް ވަނީ ބަންދުކޮށްފައެވެ. އަދި ރަސްމީ ފާލަމުން ފެށިގެން ކަނޑުގެ 300 މީޓަރުގެ ސަރަހައްދެއް ވެސް ބަންދުކޮށްފައިވާ ކަމަށް އެ ޗާޓުން ދައްކައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved