ހުޅުމާލެ އަކީ ވަކި ސިޓީއަކަށް ހަދައި ހުޅުމާލެ ސިޓީ ކައުންސިލް ގާއިމް ކުރަން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާ މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފި އެވެ.
ޝަމްހީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ ސުޕަ މެޖޯރިޓީން ހުޅުމާލޭގެ ކުރިއެރުމަށް އިސްކަން ނުދީފާނެ ކަމަށެވެ. ލޯކަލް ގަވަނަންސް ފޯރުކޮށްދޭން ޖެހޭނީ އެތަނެއްގައި ދިރިއުޅޭ އެތަނެއްގެ މީހުން ވެސް ދަންނަ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްގެ ގާނޫނަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހުޅުމާލޭގައި ވަކި ކައުންސިލެއް ހެދުން ހިމެނުމަށް ޝަމްހީދު ވަނީ މުހައްމަދު މުއިއްޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ގޮވާލައިފަ އެވެ.
ހުޅުމާލޭގައި ވަކި ކައުންސިލެއް ހަދަން ޝަމްހީދު ގޮވާލައްވާފައި މިވަނީ އައްޑޫ ސިޓީން ހުޅުދޫ އާއި މީދޫ އަދި ފޭދޫ ވަކިކުރަން މިދިޔަ މަހުގެ 25، ގައި އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގާފައި ވަނިކޮށެވެ.
ޝަމްހީދުގެ އިތުރުން ވެސް ގިނަ ބަޔަކު އަންނަނި ހުޅުމާލެ ވަކި ސިޓީއަކަށް ހެދުމަށް ގޮވާލަމުންނެވެ.
Hulhumalé is a city with unique features and diversity, far different from Malé. It deserves its own independent city council, separate from Malé’s. The supermajority in Malé City Council may not act in Hulhumalé’s best interest, and it’s impractical for representatives from…
— Ahmed Shamheed (@Ashamhyd) November 2, 2025