March 16, 2026
Advertisement
ޑރ ޖަމީލު
ޑރ ޖަމީލު / ތޭރަ އޮންލައިން

‏މުއިއްޒު ދެކޭގޮތުގައި އޭނާގެ ޒިއްމާއަކީ ދޮގު ވަޢުދުތައްވުން: ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 5, 2025, 04:59 AM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި އޭނާގެ ޒިންމާއަކީ ދިވެހި ރައްޔިތުންނަށް ދޮގު ވައުދުތައް ވުން ކަމުގައި ކަމަށް ވިދާޅުވެ ޕީއެންއެފްގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

Advertisement

މުއިއްޒު އައްޑޫ ސިޓީއަށާއި ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރަށް ފާޑުވިދާޅުވެ ޖަމީލް ވިދާޅުވީ ދިވެހި ރައްޔިތުންނަށް މުއިއްޒު ހައްދަވާ ދޮގުތައް މިހާރު އިގޭތީ، އިންކާރު ނުކުރެވޭ ވަރުގެ ވަޒީފާތައް އިންތިޚާބާއި ދިމާކޮށް ތާއީދު ހޯއްދެވުމަށް ބަހަމުން އަންނަ ކަމަށެވެ.

މިއީ ސީދާ ރިޝްވަތުކަމަށާއި އެ ވެވަޑައިގަންނަވަނީ ރައްޔިތުންނާއި މުޅި ގައުމަށް ޚިޔާނާތް ކަމަށް ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓްގައި ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިހާބުގައި ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ހުރެ ފުވައްމުލަކުގެ ރައްޔިތުންނަށް އެތަކެއް ހުވަފެންތަކެއް ދައްކާ ހިތް ފަސޭހަ ދިރިއުޅުމަކަށް އަދި ދިރުން ހުރި ވިޔަފާރި ހަބަކަށް ފުވައްމުލައް ބަދަލު ކުރުމަށް ވައުދުވެ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް މި ވައުދުތައް ތަކުރާރު ކުރެއްވާފައިވެއެވެ.

-
-

މިއާއިއެކު މި ވައުދުތައް ނުފުދި، ފުއްދުމަށް އެއްވެސް މަސައްކަތެއް ނުކުރާ ހާލު އަނެއްކާވެސް މުއިއްޒު ވަނީ ދޮގު ވައުދު ގޯންޏެއް ހިފައިގެން އަނެއްކާވެސް ފުވައްމުލަކަށް ދަތުރުކޮށްފައެވެ.

މީގެއިތުރުން، ރަށަށް ނުވަތަ މުޅިރައްޔިތަކަށް ފައިދާވާ ކަމެއް ކުރައްވަން މުއިއްޒަށް ކެރިވަޑައިނުގެންނެވި ކަމަށްވެސް ޖަމީލްގެ ޕޯސްޓްގައި ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved