ރައްޔިތުންގެ މަޖިލީހަކީ ރަައްޔިތުން ފަހްރުވެރިވާ ތަނަކަށް ވާންޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫްމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޕީއެންއެފްގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ސިޔާސަތު ހާމަކުރުމަށް ފްރޮންޓް އޮފީހުގައި މިހާރު ސިލްސިލާގޮތެއްގައި ކުރިޔަށްދާ ޖަލްސާ ތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ މަޖިލިސް ވާންޖެހޭނީ އެންމެން ވެސް ފަހުރުވެރިވާތަނަކަށް ކަމަށެވެ. ސަބަބަކީ އެ މަޖިލީހަކީ ހަމައެކަނި ގާނޫނު ހަދާ މަޖިލީހަަށް ވާތީ ނޫންކަމަށާއި އެ ތަނުގައި ތިބެންވާނީ ފެންވަރު ހުރި ގާބިލް ރަނގަޅު އިހްލާސްތެރި މެމްބަރުންތަކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ ޒިންމާތަކުގެ ތެރޭގައި ސަރުކާރު ޒިންމާދާރު ކުރުމާއި ހާރިޖީ ސިޔަސަތާ ބެހޭ ކަންކަމުގައި ހައްގު ބަސްބުނެ ވަކާލާތު ކުރުން ވެސް ހިމެނޭކަމަށް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވާހަކައިގައި ފާހަގަުރައްވާފައެވެ.
ހާރިޖީ ކަންކަމުގައި ވެސް އަދި ދުނިޔޭގެ ގުޅުންތައް ވެސް ހުންނަ ގޮތް އެކަށީގެންވާ މިންވަރަށް އަދި އޭގެ އެކްސްޕާޓަކަށް ނުވި ނަމަވެސް އެކަށީގެންވާ މިންވަރަކަށް އެނގިވަޑައިގެންނަވާ ބޭފުޅުންނަށް އެބަ ވާންޖެހޭ
އެމަނިކުފާނު އިތުރަށް ވިދާޅުވީ މަޖިލީހަށް ކުރިމަތިލައްވާ ބޭފުޅުންނަށް ހާރިޖީ ކަންކަމާއި ދުނިޔޭގެ ގުޅުންތައް ހުންނަ ގޮތް ވެސް އެކަށީގެންވާ މިންވަރަކަށް އޭގެ އެކްސްޕާޓަކަށް އަދި ނުވިނަމަވެސް އެނގެންވާނެކަމަށެވެ.
އޭގެއިތުރުން ރައީސްގެ އެޑްވައިޒަރުގެ ޝަރުތުތައް ގާނޫނުގައި ލިޔެވިފައި ނެތް އެއްޗަކަށް ވާއިރު މަޖިލީހަށް ކުރިމަތިލައްވާ ބޭފުޅުންގެ ވެސް ބައެއް ޒިންމާތަކަކީ ލިޔެވިފައި ނެތް އެެއްޗެއްކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
މަގާމަކަށް އެމީހަކު ކުރިމަތިލާނަމަ އެމަގާމަކަށް އެމީހަކު ކުފޫ ހަމަވޭތޯ އަމިއްލަފުޅަށް ވެސް ބަލާލުން އެއީ ސުންނަތެއް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.