March 10, 2026
Advertisement
.
. / ރައީސް އޮފިސް

ރައްޔިތުން ގަރުދިޔައާއި ބަތް ކާން ބުނި ސަރުކާރުން މިހާރު ބޭނުން ވަނީ ވަރުގަދަ އަސްކަރީ ބާރަކަށް ރާއްޖެ ހަދަން

Yana Shareef
ޔާނާ ޝަރީފް
Nov 6, 2025, 04:34 AM

މާލީ ހާލަތު ރަނގަޅުވާނީ ރައްޔިތުން ގަރުދިޔަ އާއި ބަތް ކައިގެންކަމަށް ބުނި ސަރުކާރުން މިހާރު ބޭނުންވަނީ ވަރުގަދަ އަސްކަރީ ބާރަކަށް ރާއްޖެހަދަންކަން ހާމަވެއްޖެއެވެ.

Advertisement

ރާއްޖެ އަސްކަރީ ބާރަކަށް ހަދަން ބޭނުންވާކަމަށް ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒެވެ.

ރައްޔިތުންގެ ފައިސާއިން ބޮޑު ހަރަދެއްް އަސްކަރީ އުޅަނދުތަކަށް ހަރަދުކުރާކަމުގެ ޝަކުވާތައް ގިނަވެފައިވާ ދަނޑިވަޅެއްގައި ރައީސް މުއިއްޒު ވަނީ އިގްތިސާދު ހަރުދަނާކޮށް، ތަރައްގީ ހާސިލުކުރެވޭ ވަރުގަދަ ގައުމަކަށް ރާއްޖެ ހެދުމުގައި އަސްކަރިއްޔާގެ ބާރު ވަރުގަދަ ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް އަސްކަރިއްޔާ ބާރުވެރިކުރުން އެއީ އެއްްވެސް ތާކުންތާކު ނުޖެހޭ ހޮޅި ވާހަކަތަކެއްކަމަށް މީސްމީޑިއާގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ދިވެހި ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަން، އައްޑޫ ގަމުގައި ގާއިމުކޮށް، އެތަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ މަރުކަޒު ގާއިމް ކުރުމަކީ މުޅި ރާއްޖެ ވައިގެ މަގުން ބެލެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ކުރިއެެރުމެއް ކަމަށެވެ

އެއާ ސްޓޭޝަނެއް އަލަށް ހުޅުވި ނަމަވެސް ރައްޔިތުންގެ ފައިސާއިން ނުއަގުގައި ގަތް ޑްރޯންތަކުގެ ބޭނުން ވެސް ސަރުކާރުން ނުކުރާކަން ފާހަގަކޮށްލެވެއެވެ. އެ ޑްރޯންތައް ގަންނަން ހޭދަވީ ކިހާވަރެއްކަމެއްް އަދިވެސް ސާފު ވެފައިނުވެއެވެ.

އެއާ ސްޓޭޝަން ގާއިމުކުރުމަކީ ވަރަށް މޮޅު ކަމެއްގެ ގޮތުގައި މުއިއްޒު ފާހަގަކުރި ނަމަވެސް މިޔަށްވުރެ ކުރަންޖެހޭ މުހިންމު ބޮޑެތި ކަންކަން އެބަހުރިކަމަށް އަާންމުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved