theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕީއެންއެފްގެ ގައުމީ ޖަލްސާގެ ތެރެއިން / ތޭރަ އޮންލައިން
ހަބަރު
ޕީއެންއެފްގެ ފޯރިގަދަ ޖަލްސާއެއް މިރޭ އޮންނާނެ، ގައުމު ދެކެ ލޯބިވާ ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވައިފި
Mariyam Isaadha
މަރިޔަމް އިސާދާ
06 ނޮވެމްބަރު 2025
މާލެ ސިޓީ

ޕީޕަލްސް ނަޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ފޯރިގަދަ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށާ އެ ޖަލްސާގައި ގައުމު ދެކެ ލޯބިވާ ހުރިހާ ފަރާތްތަކުން ޖަލްސާގައި ބައިވެރިވުމަށް އެ ޕާޓީއިން ދައުވަތު އަރުވާ ކަމަށް ހާމަކޮށްފިއެވެ.

ޕީއެންއެފުން ހާމަކުރި ގޮތުގައި ޖަލްސާ އޮންނާނީ ހ. ދޫވެހީގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އޮފީހުގައެވެ. ޖަލްސާ ފެށޭނީ މިރޭ 8:45 ގައި ކަމަށް ވެސް ޕާޓީއިން ހާމަކޮށްފައިވެއެވެ.

ޖަލްސާގައި އެ ޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގެން އިންސާފުކޮށްދެއްވާނެ ކަމަށާ ވީހާ ވެސް ގިނަ ބަޔަކު ޖަލްސާގައި ބައިވެރުވުމަކީ އެ ޕާޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް ހާމަކޮށްފައިވެއެވެ.

ޕީއެންއެފްގެ ޖަލްސާތަކުގައި ގައުމުގައި ހުރި ކަންކަމަށް އަލި އަޅޫވާލާ ވާހަކަ ދައްކައެވެ. އަދި އެކަން ކަން ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަމުްނ ނުދާތީ ސަރުކާރު ޒިންމާދާރު ކުރުވަން އެ ޕާޓީއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޕީއެންްއެފްގެ ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން ދެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved