April 8, 2026
Advertisement
..
.. / ރައީސް އޮފިސް

ފޮނަދޫ 100 ހައުސިންގ ޔުނިޓް އަޅަން ހަވާލުކުރީ އަދުރޭ އަންހެނުންނަށް!

Yana Shareef
ޔާނާ ޝަރީފް
Nov 6, 2025, 09:56 PM

ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު ހަވާލުކުރީ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުاللهގެ ދަރިކަނބަލުންނާއި އޭނާގެ އަނބިކަނބަލުންގެ ކުންފުންޏަށްކަން ހާމަވެއްޖެއެވެ.

Advertisement

206 މަޝްރޫއު އަމިއްލަ ކުންފުނިތަކާއި ހަވާލުކުރިކަމަށް ބުނެ ފޮނަދޫގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު ބުރާސްފަތި ދުވަހު ހަވާލުކުރީ ވައިޓް ލިންކްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތް ވައިޓް ލިންކްސްއާ ހަވާލުކުރީ 139،295،700, (13.3) މިލިއަން ރުފިޔާއަށެވެ.

ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުގެ މައުލޫމާތު ފެންނަން ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން އެނގޭ ގޮތުގައި ވައިޓް ލިންކްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އަބްދުއްރަހީމްގެ ދަރިކަނބަލުން، ފާތިމަތު ސޮބާހާ އެވެ. އަނބިކަނބަލުން ދިޔާނާ ހުސެއިން އަކީ އެ ކުންފުނީގެ ޑިރެކްޓަރެކެވެ.

ފޮނަދޫގައި ހުންނަ އަބްދުއްރަހީމްގެ ގެކޮޅު، އަރާއިރުގައި ހިންގާ އަރާފާ ޓްރޭޑާސް އާއި އަރާފާ ހާޑްވެއާ އަކީ ވައިޓް ލިންކްސް ކުންފުނީގެ ދަށުން ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ނަންތަކެވެ. އޭގެއިތުރުން ވެސް އެ ކުންފުނީގެ ދަށުން ފްރެޝް މާޓް، ވައިޓް ވިންޑް، ޓީ ޕޯޓް، ކެފޭ އިޒޯލާ އަދި އަރާފާ މާޓް ވެސް ރެޖިސްޓްރީ ކޮށްފައިވެ އެވެ.

ހައުސިންގ ޔުނިޓުތަކެއް އަޅަން ވައިޓް ލިންކްސް އާއި ހަވާލުކުރިއިރު އެ ކުންފުންޏަކީ މީގެކުރިން މިފަދަ އެއްވެސް މަސައްކަތެއްގެ ތަޖުރިބާ ހުރި ކުންފުންޏެއް ނޫންކަން ފާހަގަކޮށްލެވެއެވެ.

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން އަމިއްލަ ފަރާތްތަކަށްކަމަށް ބުނެ ހަވާލުކުރި 206 މަޝްރޫއުތަކުގެ ތެރެއިން ގިނަ މަޝްރޫއު ހަވާލުކޮށްފައި ވަނީ ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކުންފުނިތަކަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved