February 28, 2026
Advertisement
ޕީއެންއެފްގެ ޖަލްސާގެ ތެރެއިން
ޕީއެންއެފްގެ ޖަލްސާގެ ތެރެއިން / ވޮއިސް.އެމްވީ

މުއިއްޒު ވިދާޅުވީ ފަސް ހަފްތާ ތެރޭ އަމިއްލަ ކުންފުނިތަކަށް ފައިސާ ދޭނަމޭ, އެކަމެއް ނުވި, އެކަމެއް ނުވެސް ވާނެ: ރައީސް ޔާމީން

Yana Shareef
ޔާނާ ޝަރީފް
Nov 7, 2025, 07:36 AM

ފަސް ހަފްތާ ތެރޭ އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދީ ހަލާސްކުރާނެކަމަށް ވީ ވައުދު ރައީސް މުހައްމަދު މުއިއްޒު ނުފުއްދެވުމުން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ޕީއެންއެފްގެ ޓައުންހޯލް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެއްވެސް ބިޑަކާ ނުލާ ސަރުކާރުން ހިންގާ 206 މަޝްރޫއު އަމިއްލަ ކުންފުނިތަކަށްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރުންގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ދިނުމުން ރައީސް ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ ފަސް ހަފްތާ ތެރޭ މި ނިންމަނީއޭ. ބޮޑު ފަންޝަނެއްގެ ތެރޭ އެކަން ކުރާ ވާހަކަ އަޑުއިވުނީ,, އެ ފެއިލްވެއްޖެ, އެކަމެއް ނުވި, އެކަމެއް ނުވެސް ވާނެ.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ 13 ނުވަތަ 14 ހާސް މިލިއަނެއްހާ ފައިސާ އެބަހުރިކަމަށެވެ. ފަސް ހަފްތަ ތެރޭ އެ ފައިސާ ދީ ހަލާސްކުރާނެކަމަށް ބުނި ނަމަވެސް އެކަން ކުރުމުގެ ފެންވަރު ސަަރުކާރުގެ ނެތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން އެޗްޑީސީއަށާއި ބީއެމްއެލް ފަދަ ކުންފުނިތަކަށް ވެސް މިލިއަނުން ފައިސާ ދޭން ޖެހޭކަމަށާއި ސަރުކާރުން ދައްކަންޖެހޭ ދަރަނި ގިނަކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް މުއިއްޒަށް ފާޑުވިދާޅުފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved