theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ހުޅުމާލޭ ފަޅުތެރޭގައި ސަފާރީތަކެއް / ސޯޝަލް މީޑިއާ
ހަބަރު
ވަކިމުއްދަތެއް ނޭގި ކަނޑުމަތީގައި ސަފާރީތައް އަޅާފައި ބޭއްވުމަކީ އުދަގޫ، ޚަރަދުބޮޑު، ތަފާތު މައްސަލަތައް އަންނާނެ ކަމެއް: ޔޮޓް އެސޯސިއޭޝަން
Aiminath Zawjah
އައިމިނަތް ޒަޢުޖާ
07 ނޮވެމްބަރު 2025
ހުޅުމާލެ ފޭސް 1

ސަފާރީ އުޅަނދުތައް އެޅުމަށް ގުޅީފަޅާއި، ތިލަފުށި އަދި ކުޑަގިރި އިން ސަރަހައްދުތަކެއް ފާހަގަކޮށް އެ ސަރަހައްދުތަކުގައި އެޅުމަށް ސަރުކާރުން އެންގުމާއި ގުޅިގެން މޯލްޑިވްސް ޔޮޓް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށްއެވެ.

ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ ނަންބަރުHDC(161)-CPT/IU/2025/187 އިއުލާނާ ގުޅިގެން ޔޮޓު އެސޯސިއޭޝަންއިން ނެރުނު  ނޫސް ބަޔާނުގައި ބުނެފައިވަނީ އެ އެންގުމާއި އެކު އެއްކަރުދާސް ކުރެވިފައިވާ ޗާޓަކީ 30 އޮކްޓޯބަރު 2025 ގައި ކުރެވުނު އިއުލާންގައި އެއްކަރުދާސް ކުރެވިފައިވާ ޗާޓުގައިވާ ސަރަހައްދަށް ބަދަލު ގެނެސް އިތުރު ސަރަހައްދެއް އިތުރު ކުރެވިފައިވާ ޗާޓެއް ކަމަށެވެ.

މިކަމުގެ ސަބަބުން ސަފާރީތަކަށް ކުއްލި ހައިރާންކަމާއި ނުތަނަވަސްކަމެއް ކުރިމަތިވެފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ. އަދި މިއީ ސަރުކާރުން ހެޔޮ ނިޔަތެއްގައި ކުރި ކަމެއް ނަމަ 30 އޮކްޓޯބަރުގެ އިއުލާންގައިވެސް އެ ސަރަހައްދު ހިމަނާނެ ކަމަށް މި ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ދެދުވަސް ތެރޭގައި މުޅި ފަޅު ހުސްކުރުމަށް އެންގުމަކީ ސަރުކާރުން ނިންމި ވަރަށް ގޯސް ނިންމުމެއް ކަމަށާއި ދެދުވަސް ތެރޭ މުޅި ފަޅު ހުސްކުރުމަކީ ވުމަށްވުރެ ނުވުން ކަމެއް ކަމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ހުޅުމާލެ ފަޅުން އެހެން ފަޅަކަށް ސަފާރީތައް ގެންދިޔުމުގެ ކުރިން، ސަފާރީ ގެންގޮސް ބަހައްޓާ ފަޅަކާއި އާރްޓީއެލް ފެރީފަދަ ޚިދުމަތަކުން ގުޅާލެވި ލުއިފްސޭހަ ގޮތްތަކެއް ހޯދިގެން ނޫނީ ވަކި މުއްދަތެއް ނޭގި ކަނޑުމަތީގައި ސަފާރީތައް އަޅާފައި ބޭއްވުމަކީ ވަރަށްވެސް އުނދަގޫ ޚަރަދުބޮޑު އަދި މޫސުމީ ތަފާތު ގެއްލުންތަކާއި ކުރިމަތިލާންޖެހޭ ކަމެއް ކަމުގައި ނޫނީ ނުވާނެ ކަމަށްވެސް މި އެސޯސިއޭޝަންގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ ބަދަލުގައި 167 ސަފާރީ އޮޕަރޭޓް ކުރާނެ ވަކި ތަރުތީބެއް ހަދާ ރަނގަޅު ސިޔާސަތުތަކެއް ހެދޭނެ ކަމަށްވެސް ފާހަގަކޮށް މިކަމަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved