theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
ޑެފިސިޓް ބަޖެޓަކާއި އެކުވެސް މުއިއްޒު އަންނަނީ ވެލާ ބިސްއަޅާ އުސޫލުން ވަޒީފާ ބަހަމުން: ރައީސް ޔާމީން
Aiminath Zawjah
އައިމިނަތް ޒަޢުޖާ
07 ނޮވެމްބަރު 2025
މާލެ ސިޓީ

އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓަށް ބަލާލީމަވެސް އެއީ ޑެފިސިޓް ބަޖެޓެއްކަން އެގިލައްވާ ކަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ   އަންނަ އަހަރަށް ފާސްކޮށްފައިވަނީ 64 ބިލިއަން  ކަމަށްވާއިރު ރެވެނިއު އެންޑް ގްރާންޓްގެ ގޮތުގައި ހިމަނާފައިވަނީ 40 ބިލިއަން ކަމަށެވެ. ނަމަވެސް މިއަހަރުގެ ޖުމްލަ ދަރަނި 33 ބިލިއަން އަރާ ކަމަށާއި ޑެފިސިޓް ބަޖެޓެއް އޮތް އިރު ގައުމުގެ އިގްތިސާދު އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށް ބުނެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ސަރުކާރުގެ މިހާރުގެ މުސާރައަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް ދެ ބިލިއަން އަރާ އިރު އަހަރަކަށް 24 ބިލިއަންވަރު އަރާނެ ކަމަށް ފާހަގަކުރައްވަާ ރައީސް ޔާމީން ވިދާޅުވީ ރިކަރަންޓް ޚަރަދަށް ބާކީ އޮންނާނީ 10 ވަރަކަށް ބިލިއަން ކަމަށެވެ.

މީގެ އިތުރުން، ބޭރު ގައުމުތަކުން އެންމެ ގިނައިން ގްރާންޓް ދީފައި ހުރީ އިންޑިއާއިން ކަމަށާއި ނަމަވެސް އެ ފައިސާވެސް ނުދައްކާ ދަރަނި ވަނީ އިތުރު ކަމަށް އެމަނިކުފާނުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ޚަރަދުތައް ދެކޮޅު ނުޖެހޭނޭ މި ބުނަނީ މި ހިސާބުތަކަށް ބަލާފަ. މުއިއްޒު އަންނަނީ ވެލާ ބިސް އަޅާ އުސޫލުން ވަޒީފާ ބަހަމުން، އަންނަ އަހަރު އަދި މިއަށްވުރެ ގިނަ ވަޒީފާ ބަހާނެ، އެއްވެސް މްޝްރޫއެއް ނުހިނގާނެ ހަމަ.

- ރައީސް ޔާމީން ވިދާޅުވިއެވެ.

ދައުލަތުގެ ޚަރަދުތައް މި އަދަދުތަކުން ފޫ ނުބެއްދޭނެ ކަމަށާއި ބަޖެޓަކީވެސް ބޮޑު ސްކޭމްއެއް ކަމަށް ރައީސް ޔާމީން ސިފަކުރެއްވިއެވެ. އަދި ވެލާބިސް އަޅާ އުސޫލުން މުއިއްޒު ގެންދަވަނީ ވަޒީފާތައް ބަހަމުން ކަމަށާއި އަންނަ އަހަރުގައި އެއްވެސް މަޝްރޫއެއް ނުހިނގާނެ ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އެހެންކަމުން މި 40 ބިލިއަނުން ދެކޮޅު ނުޖެހޭނެ ކަމަށް މި ބުނަނީ ސަރުކާރުން ހުށަހެޅި ބަޖެޓުގެ ހިސާބުތަކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved