theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އަމިއްލަ ސްލޯގަން ވައިގައި ނުހިފުމުން، ރައްޔިތުން ގެންނަން ވިއްކަނީވެސް ރައީސް ޔާމީންގެ ސްލޯގަން! / ސޯޝަލް މީޑިއާ
ހަބަރު
އަމިއްލަ ސްލޯގަން ވައިގައި ނުހިފުމުން، ރައްޔިތުން ގެންނަން ވިއްކަނީވެސް ރައީސް ޔާމީންގެ ސްލޯގަން!
09 ނޮވެމްބަރު 2025
މާލެ ސިޓީ

ނޮވެމްބަރު 14 ވަނަ ދުވަހު މާ ބޮޑު ޖަލްސާއެއް ބާއްވަނީ ޔޯލައެވެ. ވެރިކަން ކުރާ ޕާޓީއަށް އޮތް ތާއީދު ދައްކާލާ ތަރުހީބު އޮތީ ކޮން ވެރިއަކަށް ކަން އެ ޖަލްސާއިން އެނގިގެންދާނެ ކަމަށް އެއް އިރެއްގައި އެހެލާފައި ތިބި މެމްބަރުންވެސް ބުނަމުންދެއެވެ.

ނަމަވެސް މީގަ އެންމެ ހެއްވާ ކަމަކީ އެ ޖަލްސާއަށް ރައްޔިތުން އަންނަނީ ހިތުން ރުހުމުން ނޫންކަން މިހާރުއްސުރެވެސް ހާމަވާން ފަށާފައި އޮތުމެވެ. އެގޮތުން ރަށް ރަށުން ރައްޔިތުން އަންނަން ދެކޮޅު ހެދުމުން ކޮންމެ އެމްޕީއަކަށް 150 މީހުން ގެންނަން މަޖްބޫރުކުރުވާ ލިސްޓު ޕާޓީގެ އޮފީހަށް ހިއްސާކުރަން އަންގާފައިވާ ވާހަކަ އެކި އެމްޕީއިން ކޮފީ މޭޒުތަކުގައި ދަނީ ދައްކަމުންނެވެ. އަދި އެ ގެންނަ މީހުންނަށް ދެކޮޅު ޓިކެޓާ ހުރުމާ ކެއުމުގެ އިތުރުން 1000 ރުފިޔާ ބޮލަކަށް ދޭނެ ކަމަށް އަންގާފައިވެއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުންވެސް ޖަލްސާއަށް އަންނަން ދައުވަތު ދޭން ގުޅުމުން އަންނާނެ ރައްޔިތަކު ނުވުމުން ސިޔާސީ މުސާރައިގެ އަޅު ކުދިންކޮޅު އަތަށް ލީފުލެޓުތަކެއް ދީ މުޅި މާލެ ސަރަހައްދުގައި ރަތްދަކަ އަވީގައި ދުއްވުވަނީއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާ އަދި ޝަރުއީ ދާއިރާގެ ދަށުން ހިންގާ ކޯޓުތަކަށްވެސް ނުފޫޒު ފޯރުވާ ޖަލްސާއަށް މީހުން ގެނައުމަށް ދަނީ އަމުރު ކުރަމުންނެވެ. މިހުރިހާ ކަމެއްގައި މި ބޭނުން ކުރަނީ، "ދިވެހީންގެރާއްޖެ" ސްލޯގަންއެވެ. ނަމަވެސް މި ސަރުކާރަކީ 2.0 ގެ ނަމުގައި ޑިޖިޓަލް ރާއްޖެއެއް ތައާރަފްކުރި ބައެކެވެ. އެ ސްލޯގަން ވައިގައި ނުހިފައި ވަނީ ޗޮކުން ގޮސްފައެވެ. އަދި ރައީސް މުއިއްޒަކީ ތަރުހީބާ ތާއީދު އޮތް ވެރިއަކު ދައްކާލުމަށް ކަމަށް ބުނެ މި ބޭނުންކުރަނީ ވެސް ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނަށް 2023 ގައި ތައްޔާރުކުރެއްވި ސްލޯގަންއެވެ.

ތަރުހީބާ ތާއީދާ އަދި ލޯތްބާ އިހުތިރާމު ރައީސް މުއިއްޒަށް އޮތް ނަމަ ރަސްމީ ގަޑީގައިވެސް ސިޔާސީ މުވައްޒަފުން ހަރުގެއަށް ނެރެގެން ޖަލްސާއަށް މީހުން ގެންނަން މަސައްކަތްކުރުވަން ނުޖެހޭނެއެވެ. ތާއީދާ ތަރުހީބު ގެއްލި އިތުބާރު ވެސް ގެއްލިފައިވުމުންނާ އެކު ރައީސް މުއިއްޒުގެ ސްލޯގަންވެސް ވައިގައި ނުހިފުމުން ރައީސް ޔާމީންގެ ސްލޯގަން ވިއްކައިގެން ރައްޔިތުން ގެނައުން ނޫން ގޮތެއް ކުލަ ވެއްޓި އޮފްކަން ކެނޑިފައިވާ މި ސަރުކާރަށް ހަމަ ނެތީއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved