February 28, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ޕީޕީއެމް

ބިޑަކާ ނުލައި ސަރުކާރުން ކަންކަން ކުރަންޏާ އެންޓި ކޮރަޕްޝަން ކޮމިޝަނެއްގެ ބޭނުމެއް މިހާރަކު ނެތް: ރައީސް ޔާމީން

Yana Shareef
ޔާނާ ޝަރީފް
Nov 10, 2025, 08:20 AM

ބިޑަކާ ނުލައި ސަރުކާރުން ޕްރޮޖެކްޓުތައް ބަހަންޏާ އެންޓި ކޮރަަަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބޭނުމެއް މިއަދަކު ނެތްކަމަށް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ސަރުކާރުން 206 ޕްރޮޖެކްޓު ބިޑުކުރުމެއް ނެތި ބަހާލުމުން އެކަމަށް ރައީސް ޔާމިން ފާޑު ވިދާޅުވެފައި ވަނީ އާދިއްތަ ދުވަހުގެ ރޭ ޕީއެންއެފް އިން ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އަމުދުން މިހާ ދަތި ދުވަސްވަރެއްގައި ބިޑުކުރުމަކާ ނުލައި ސަރުކާރުގެ ރިސޯސް ދޭ ހިސާބުން އޭގެ މާނައަކީ އޭސީސީ އުވާލަންވީކަމަށެވެ. އޭސީސީގެ ބޭނުމެއް މިއަދު ނެތްކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ގާނޫނު އަސާސީގައި އޭސީސީގެ ބާރު ކަނޑުވާލާފައިވާކަމަށް ފާހަގަކުރައްވާ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

ބިޑަކާ ނުލައި ސަރުކާރުން ޕްރޮޖެކްޓުތައް ބަހާލި މައްސަލަ ހިފައިން ގާނޫނީ ފަރާތްތަކަށް ދުސްތޫރީ ކޯޓަކަށް ދެވޭނެކަމަށް ވެސް ރައީސް ޔާމީންގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

"އެހެންވީމަ ބިޑަކާ ނުލައި ސަރުކާރުގެ ރިސޯސް އަދި އަމުދުން މިހާ ދަތި ދުވަސްވަރު ދޭ ހިސާބުން އޭގެ މާނައަކީ އެންޓި ކޮރަޕްޝަން ކޮމިޝަން އުވާލަންވީއޭ.. އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބޭނުމެއް މިއަދަކު ނެތް" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ހުރި މުއައްސަސާތަކަށް ޖެއްސުން ކުރާކަމަށާއި އޭގެ މިސާލަކީ އިންފޮޝޭން އޮފިސް ހިންގާނެ އިމާރާތެއް ނުދީ ގަނަތެޅުވުންކަމަށެވެ. ރައީސް ޔާމީން ވަނީ ސަރުކާރުން ކަންކަން ސިއްރުކުރުމުގައިި ހައްދުފަހަނައަޅައި ގޮސްފައިވާކަމަށް ވިދާޅުވެ ސަރުކާރުގެ އަމަލުތައް ކުށްވެރިކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved