theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން / ޕީޕީއެމް
ސިޔާސީ
މިހާ ބޮޑަށް ރާއްޖެ ފަސާދަވެގެންދާއިރު އިލްމުވެރިން ހަނުތިބުމުގެ މާނައަކީ ދާއިމަށް ހަނުތިބުމުގެ މިސާލެއް: ރައީސް ޔާމީން
Aiminath Zawjah
އައިމިނަތް ޒަޢުޖާ
10 ނޮވެމްބަރު 2025
މާލެ ސިޓީ

ދިވެހިރާއްޖެ މިހާ ބޮޑު ފަސާދަކަމެއްގެ ތެރޭގައި އެނބުރޭއިރު ރާއްޖޭގެ ސަލަފީން ނުވަތަ އިލްމުވެރިން ބަހެއް ނުބުނެ ހަނު ތިއްބެވުމަކީ އެ ބޭބޭފުޅުން ދާއިމަށް ހަނު ތިއްބެވުމަށް ނިންމައިގެން ތިބުން ކަމަށް ސިފަވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ރާއްޖޭގެ ފަނޑިޔާރު ސިސްޓަމަށްވެސް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

މިގޮތުން، އެމަނިކުފާނަށް ކުރީގެ ރައީސެއްގެ އެދުމުގެ މަތިން ޙަރާން ހުކުމެއް ޖައްސަވާފައި އެ ރައީސަކު ދިން އުމްރާ ދަތުރެއްގައި ވަޑައިގެން އެ ފަނޑިޔާރު އުމްރާ ކުރެއްވިއިރު އެމަނިކުފާނަށް ލިބުނު ގެއްލުމުގެ ބަދަލު އެކަމުން ލިބޭނެތޯ ވަނީ ސުވާލުއުފައްދާފައެވެ.

ދިވެހިރާއްޖޭގައި އިސްލާމީ ޝަރީއަތެއް ކުރައްވާއިރު ފަނޑިޔާރުންނަށްވެސް ނުހައްގު ހުކުމްތައް އެކި މީހުންނަށް ޖައްސަވާއިރު އޭގެ ހުރި ގެއްލުމާއި އަޛާބު އެގިލައްވާނެ ކަމަށާއި ނަމަވެސް ވަކި މަންފާތަކެއް ހާސިލުކުރުމުގެ ނިޔަތުގައި އެފަދަ ދެރަ އެމަނިކުފާނު ހިމެނޭހެން އެކި މީހުންނަށް މިހާރުގެ ސަރުކާރުންވެސް ދެމުންދާ ކަމަށް ސިފަކޮށްފައިވެއެވެ.

ރާއްޖޭގެ ޖުޑީޝިއަރީ ކަންކަން މި ލެވެލްއަށް ގޮސްފައިވާއިރު ރާއްޖޭގެ އިލްމުވެރިން ހަނު ތިއްބަވަނީ ކީއްވެގެންތޯވެސް ރައީސް ޔާމީން ސުވާލުކުރައްވާފައެވެ.

މިއޮތް ވިޔާނުދާކޮށް ކަންތައްތައް ދާއިރު އެއްޗެއް ބުނާނެ މީހެއް ނެތް. ކޮބާތޯ އިލްމުވެރިންގެ ބޭނުމަކީ އެހެންވީއިރު. އިލްމުވެރިން މިތަން މިހާ ފަސާދަ ވެގެންދާއިރު ބަހެއް ނުބުނެ ގާނޫނު އަސާސީގެ ހަނު ހުރުމުގެ ހައްގު ނަންގަވައިގެން އެ ތިއްބަވަނީ

- ރައީސް ޔާމީން ވިދާޅުވިއެވެ.

ހައްގު ބަސް ނުބުނުމަށް ހަނު ހުރުމުގެ ހައްގު ބޭނުންކޮށްގެން އިލްމުވެރިން ތިއްބަވަނީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ ކަމެއް ހެޑަށް އޮޅި އޮޅުން ބޮޅުން ވެފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved