April 18, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ބޭރުގެ އެޖެންޓުންނަށް ޑޮލަރު ލިބޭ ގޮތަށް ކާޑު ލިމިޓު ބޮޑުކުރުމުން ދިވެހި އެޖެންޓުންގެ ކަންބޮޑުވުން ފާޅުކުރަންފަށައިފި

Yana Shareef
ޔާނާ ޝަރީފް
Nov 11, 2025, 02:22 AM

ބީއެމްއެލްގެ ޑެބިޓު ކާޑުތަކުގެ ލިމިޓް ބޮޑުކުރުމުން އެއީ ސީދާ ބޭރުގެ ބޮޑެތި ވިޔަފާރިތަކަށް ޑޮލަރުން ދިނުން ކަމަށް ބުނެ ޓިކެޓު ވިއްކާ ވިޔަފާރިތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

Advertisement

ބައެއް ނޫސްތަކަށް މައުލޫމާތު ދިން ޖެނެރަލް ސާވިސް އެޖެންޓަކު ބުނީ މި ބަދަލަކީ އެއް ގޮތަކަށް ވެސް ރަނގަޅު ބަދަލެއް ނޫން ކަމަށެވެ. އަދި މި ހުރިހާ ފައިސާއެއް ދާނީ ބޭރުގެ ބޮޑެތި އޮންލައިން ޓްރެވަލް ހިދުމަތްދޭ ވިޔަފާރިތަކަށް ކަމަށް އޭނާ ބުނެފައިވެއެވެ.

އާންމުންނަށް ޓިކެޓު ނަގަން ފަސޭހަކޮށްދިނުމުގެ މަގުސަދުގައި މިކަން ކުރާ ނަމަ، އިސްކަން ދޭން ވާނީ ލޯކަލް އެޖެންޓުން ބައިވެރިކޮށްގެން މި ކަންކަން ފަހިކޮށްދިނުމަށް ކަމަށް ވެސް އެ ވިޔަފާރިވެރިޔާ ބުނެފައިވެއެވެ. މި ކަމަށް އެހެން އެޖެންޓުން ވެސް ތާއީދުކުރެއެވެ.

ބީއެމްއެލްއިން ވަނީ ޓިކެޓު ނެގުމަށާއި ހޮޓާ ބުކިންތައް ހަދަން ދިވެހި ރުފިޔާ ޑެބިޓު ކާޑުތަކުން ކެނޑޭ ލިމިޓު މާދަމައިން ފެށިގެން 3000 ޑޮލަރަށް ބޮޑު ކުރަން ނިންމާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved