April 14, 2026
Advertisement
ކުރީގެ ސީޕީ ހުސެއިން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ކުރީގެ ސީޕީ ހުސެއިން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ފެންނަމުން ދަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 އިޔާދަވާން ދާ ކަހަލަ މަންޒަރެއް: ކުރީގެ ސީޕީ ހުސެއިން

Mariyam Isaadha
މަރިޔަމް އިސާދާ
Jan 2, 2024, 11:15 PM
މާލެ ސިޓީ

މިހާރު ގައުމުގެ ކަންކަމަށް ނަޒަރު ހިންގާލުމުން ފެނިގެން ދަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 އިޔާދަވާން ދާ ކަހަލަ މަންޒަރުކަމަށް މާލެ ސިޓީގެ މޭޔަރ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު ކުރިމަތި ލައްވާ ކެންޑިޑޭޓު ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement

ހުސެއިން މިފަދައިން ވިދާޅުވީ، ރައީސް ޔާމީން އަލަށް އުފައްވާ ޕާޓީއިން ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ހުސެއިން ވިދާޅުވީ އައު ސަރުކާރެއް އުފެދި ދެ މަސް ދުވަސް ފާއިތުވެގެން ދިޔައިރު ގައުމުން ފެންނަމުން ދަނީ އިސް ފަނޑީގެ ކޮންޓްރޯލު ގެއްލިފައިވާ މަންޒަރު ކަމަށާ ގައުމުގެ ހުންގާނު ވެރިމީހާ އަތުން ނިގުޅައިގަނެފައިވާ މަންޒަރުކަމަށެވެ. މި މަންޒަރުތަކުން ހަނދާނަށް އަންނަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ކަން ހިނގާ ދިޔަގޮތް ކަމަށާ އޭރު އެހެން ކަން ދިމާވީ މިހާރު ކަންކަން މި ހިނގަމުންދާ އުސޫލުން ސަރުކާރު ތެރޭއިން ކަންކަން ހިނގަމުން ދާން ފެށުމުން ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.

އަޅުގަޑަށް ފެންނަނީ 2012 ވަނަ އަހަރު އަލުން އައިއްސަ އަޅުގަޑުމެންނާ އަރާ ހަމަ ކުރަން އުޅޭ ކަހަލަ މަންޒަރެއް. މި ވެރިކަމުގެ ލީޑަރޝިޕު ފެއިލްވަމުން ދާމަންޒަރު މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަޑުމެންނަށް މި ފެންނަނީ.

ކުރީގެ ސީޕީ ހުސެއިން

ހުސެއިން ވިދާޅުވީ، ޕީޕިއެމް ޕީއެންސީ ގެ ފިކުރަކީ މީގެ ކުރިން ފަޚްރެއް ކަމުގައި ދެކިގެން ގިނަ ރައްޔިތުން ގަބޫލުކުރި ފިކުރެއް ނަމަވެސް މިހާރު އެ ފިކުރު ފަކުރުކޮށް ރައްޔިތުން އެ ފިކުރަށް ކުރި އިތުބާރު ގެއްލުވާލައިފިކަމަށެވެ.

7 ފެބްރުއަރީ އިޔާދަވާން ދާ މަންޒަރު ފެންނަމުން ދާ ކަމަށް ހުސެއިން ވިދާޅުވިއިއރު އޭރު އޮތް ސަރުކާރު ވެއްޓެން ދިމާވި އެންމެ ބޮޑު ސަބބަކީ ވެރިން ހިންގަމުން ދިޔަ ގާނޫނާ ހިލާފު ކަންކަމަށް ރައްޔިތުން ނުރުހި ސަރުކާރާ މެދު އޮތް ހިތްހަމަ ނުޖެހުމެވެ. މިހާރު އޮތް ސަރުކާރުން ވެސް ކަންކަން ކުރަމުންދާ ގޮތާ މެދު މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި ރައްޔިތުންވަނީ ފާޑުކިޔާ ނުުރހުން ފާޅުކުރަން ފަށާފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ސަރުކާރުގެ އިސްތިއުފާއަށް ވަނީ ވެރިކަމަށް 2 ދުވަސް ވީއިރު ގޮވަން ފަށާފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved