April 13, 2026
Advertisement
ކުރީގެ ސީޕީ ހުސެއިން ވަހީދު
ކުރީގެ ސީޕީ ހުސެއިން ވަހީދު / ސަންގު

ކަނޑުއަޑީގެ ރެއިލްވޭ ހުވަފެން ބަލަބަލާ ތިއްބާ ބަނޑަށް ވާނީ މަރު ތޯއްޗެއް: ހުސެއިން

Fathmath Reem
ފާތުމަތު ރީމް
Jan 25, 2024, 12:36 AM
މާލެ ސިޓީ

ރަސްމާލެއާ މާލެއާ ދެމެދު ހެދުމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވައުދު ވެވަޑައިގެންނެވި ކަންޑުއަޑީގެ ރެއިލްވޭގެ ހުވަފެން ބަލަބަލާތިއްބާ ވާނީ ބަނޑަށް މަރު ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ފޭސް ބުކް ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ކަނޑުއަޑީގައި ރޭލްވޭއެއް އަޅާ މާލެއިން އެކިތަންތަނަށް ގޮސްލުމަކީ އުފާވެރިކަމެއްކަމަށާއި އެހެންނަމަވެސް ރާއްޖޭގައި އާންމުންގެ ތެރޭގައި އެތައް ބަޔަކު އެއުޅެނީ 3 އިރު ބަޑު ފުރާ މުއްތި ނުކުރެވިގެން ކަމަށެވެ.

އެގޮތުން ޑޮލަރެއްގެ އަގު މިހާރު އުޅެނީ 20 ރުފިޔާގައި ކަމަށާއި ބާޒާރުގައިވެސް ތަކެތީގެ އަގު އެހާ މަތި ކަމަށް ހުސެއިން ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ހުސެއިން ވިދާޅުވީ ނަމަވެސް މުސާރަތައް ހުރީ އެއް ވަރެއްގައި ހުފެހެއްޓިފައި ކަމަށާ ބިލްތައް ދައްކާ ގެއަށް ބޭނުންވާ ކާޑުގެ ބާވައްތައް ދައްކާ ނިމޭއިރު ގިނަ ފަހަރު އަތުގައި އޮންނަނީ މަދު ފައިސާ ކޮޅެއް ކަމަށެވެ.

ހަރަދުތައް މިހާ މަތީގައި ހުއްޓާ ކަނޑުއަޑީގެ ރެއިލްވޭގެ ހުވަފެން ބަލަބަލަ ތިއްބާ ފެންނާނީ ރައްޔިތުން ބަނޑަށް މަރުވާން ފަށާ މަންޒަރު ކަމަށް ހުސެއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved