March 16, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ޕީޕީއެމް

މުއިއްޒާއި މުއިއްޒުގެ ކައިރީގައި ތިބި މީހުންގެ މައްސަލަތައް ބަލާ ދުވަހަކުން އިބިލީސްވެސް ފިލާން: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 14, 2025, 06:43 PM
މާލެ ސިޓީ

މުއިއްޒާއި މުއިއްޒުގެ ކައިރީގައި ތިއްބަވާ ބޭފުޅުންގެ މައްސަލަތައް ތަހުގީގު ކުރެވޭ ދުވަހަކުން އިބިލީސްވެސް ފިލާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ދޭ މާފެއް އެމަނިކުފާނު ބޭނުން ނުވާނެ ކަމަށާއި އެމަނިކުފާނާއި މެދު މި ސަރުކާރުން ނުހައްގުން ކޮންމެ ގޮތަކަށް ކަންތައް ކުރެއްވިއަސް އެމަނިކުފާނު ހުންނެވީ ރައްޔިތުންނާއި އެކު ސާބިތުވެ ކަމަށެވެ.

މިއާއިއެކު މިހާރުގެ ރައީސް މުއިއްޒުގެ މައްސަލަތައް ބަލާ ދުވަހަކުން އެ ކަމަށް މައާފު ދެއްވާނެ މީހެއް ނާންނާން ކަމަށާއި ސާބިތު ނުވާނެ ކަމަށް މުއިއްޒާއި ސަރުކާރުން ހީފުޅުނުކުރެއްވުމަށްވެސް އެމަނިކުފާނުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. މިއީ ރައްޔިތުންނަށްވެސް މިހާރު އޮޅިވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށާއި މުއިއްޒާއި މުއިއްޒުގެ ކައިރީގައި ތިއްބަވާ ބޭފުޅުންގެ މައްސަލަތައް ތަހުގީގު ކުރެވޭ ދުވަހަކުން އިބިލީސްވެސް ފިލާނެ ކަމަށް ބުނެ ރައީސް ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ.

މި ސަރުކާރުން ދޭ މާފެއް އަޅުގަނޑު ބޭނުން ނުވާނެ. މުއިއްޒާއި މުއިއްޒު ކައިރީގައި ތިބި ބައިގަނޑުގެ މައްސަލަތައް ބަލާ ދުވަހަކުން އިބިލީސްވެސް ފިލާނެ

ރައީސް ޔާމީން ވިދާޅުވިއެވެ.

ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޕާކިސްތާން ފަދަ ތަހުޒީބީ ގައުމުތަކުގެ ފަނޑިޔާރުން ގާނޫނު އަސާސީ ހިމާޔަތްކުރުމަށް މަގާމަކަށް ނުބަލައި މަސައްކަތް ކުރައްވާއިރު ރާއްޖޭގެ ފަނޑިޔާރުން މަސައްކަތް ކުރައްވަނީ ގާނޫނީ ނިޒާމު ފުނޑާލުމަށްކަމަށެވެ.

ޕާކިސްތާނުގެ ސްޕްރީމް ކޯޓުގެ އެންމެ ދުވަސްވީ އެއް ފަނޑިޔާރު މަންސޫރު އިސްތިއުފާ ދެއްވާ ނުކުމުވެޑައިގަތީ އެ ނިޒާމު ފުނޑާލިޔަ ނުދިނުމަށް ކަމަށާއި ނަމަވެސް ރާއްޖޭގެ ފަނޑިޔާރު އަހްމަދު މުއުތަސިމް މުޅި ނިޒާމު ފުނޑާލާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މުއުތަސިމް ފަދަ ފަނޑިޔާރުންނަށް މުހިއްމުވެގެންދަނީ އެހެނިހެން މަންފާތައް ކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެއް ދުވަސްވަރެއްގައި ހިނގާދިޔަ ކަންތައްތަކުން ޕާކިސްތާން ފަދަ ގައުމުތަކުގެ ފަނޑިޔާރުންނަށް މުހިއްމުވެގެން ދިޔައީ އެ ގައުމުގެ ގާނޫނު އަސާސީ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved