މިއަދަކީ ގައުމަށް ތިމާ ކޮށްދޭންވީ ކޮންކަމެއްތޯ ބަލަންވީ ދުވަސް ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޔާމީން ވަނީ، މިއަދު ޤައުމު މި އޮތް ހާލަތަކީ ޤައުމު ތިމާއަށް ކޮށްދޭނެ ކަމެއް ނުބަލައި، ތިމާ ޤައުމަށް ކޮށްދެނީ ކޮން ކަމެއްތޯ ބަލަންވީ ދުވަސް ނޫންތޯ އައްސަވާ ސުވާލެއް ދޫކުރައްވާފައެވެ.
މިއަދު ޤައުމު🇲🇻 މި އޮތް ހާލަތަކީ ޤައުމު🇲🇻 ތިމާއަށް ކޮށްދޭނެ ކަމެއް ނުބަލައި، ތިމާ ޤައުމަށް🇲🇻 ކޮށްދެނީ ކޮން ކަމެއްތޯ ބަލަންވީ ދުވަސް ނޫންތޯ؟
— Abdulla Yameen (@prz_ymn) November 14, 2025
ރައީސް ޔާމީން މިފަދައިން މި ވިދާޅުވީ ސީދާ ކޮން ސަބަބަކަށް އިޝާރާތްކުރައްވާ ކަމެއް ސާފުވެފައި ނުވި ނަމަވެސް އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ، ގައުމުގެ ހާލަތު ގޯހުން ގޯހަށް ގޮސް ރައްޔިތުންނަށް އެކަމުގެ އަސަރު ނުހަނު ފުންކޮށް ކުރަން ފަށާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.