theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ތޭރަގްރެފިކްސް
ކުއްލި ހަބަރު
މަހާނަ ގަލަކާ ވައްތަރު ވެގެން ޖަލްސާގެ ސްޓޭޖުން ބައެއް ބުރިކޮށްފި
14 ނޮވެމްބަރު 2025
މާލެ ސިޓީ

މަހާނަ ގަލަކާ ވައްތަރު ވެގެން ޕީއެންސީ ޖަލްސާ ސްޓޭޖުން ބައެއް ބުރިކޮށްފިއެވެ.

ތާކުން ތާކު ނުޖެހޭ ރެކޯޑު ހެދުމުގެ ރެކޯޑު އޮތް ޕީއެންސީއިން ފައިސާއާ ރިޝްވަތު ދީގެން ރައްޔިތުން އެކި ކަންކޮޅުތަކުން ގެނެސްގެން ބާއްވާ ޖަލްސާގައި ބަހައްޓާފައި ހުރި ސްޓޭޖު ފުރަތަމަ ރަމްޒުކޮށްދިނީ ސަދޮއްކަކާ ދެ މަހާނަ ގައު ޖަހާފައި އިން ކަހަލަ ގޮތަށެވެ.

އެއާއެކު ގިނަ ބަޔަކު ބުނަމުން ދިޔައީ ރައީސް މުއިއްޒު ސިޔާސީ ސަންދޮއް އަމިއްލައަށް ޖަހާ ނިންމައިފި ކަމަށެވެ.

ކުރީގެ ސްޓޭޖު ދައްކުވައިދޭ ފޮޓޯ

ޕީއެންސީއިން ބާއްވާ ޖަލްސާގެ އެ ސްޓޭޖަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމުން، ފަހުން ވަނީ މަހާނަ ގަލެއްގެ ގޮތުގައި ސިފަކުރެވެން އިން ބައި ބުރިކޮށްލާ ސްޓޭޖުގެ ދެ ފަޅިން ބައިތަކެއް އުނިކޮށްފައެވެ.

މިހެން މިކަން ކުރީ ރައީސް މުހައްމަދު މުއިއްޒު ކޯފާ އިސްކުރައްވާ ލީޑަޝިޕަށް އެކަން ބަދަލުކުރަން އެންގެވި އެންގެވުމަކާ އެކު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ޕީއެންސީއިން ބާއްވާ ޖަލްސާއަށް މީހުން ގެނައީ ބޮލަކަށް 5000 ރުފިޔާގެ މަގުން ކަމަށާ މީގެ އިތުރުން އަތޮޅު ތެރޭގައި ތިބި ސަރުކާރު މުވައްޒަފުންނާ އަދި ކުންފުނިތަކުގެ މުވައްޒަފުންގެ ހާޒިރީވެސް މާކުކޮށްގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved