March 16, 2026
Advertisement
.
. / ރައީސް އޮފިސް

2 އަހަރު ކޮށްދެވުނު މާ ބޮޑުކަމެއް ކިޔައި ނުދެއްވައި ހޮޅި ވައުދުތަކާއެކު ރައީސް މުއިއްޒުގެ ޖަލްސާ ނިންމާލައިފި

Yana Shareef
ޔާނާ ޝަރީފް
Nov 15, 2025, 04:53 AM

ސަރުކާރަށް ތާއިދު އޮތްކަން ދެއްކުމަށް ރަށްރަށުން ފައިސާ ދީގެން މީހުން ގެނެސް ބޭއްވި ޕީއެންސީގެ ޖަލްސާ ކުރުކޮށްފަ ނިންމާލައިފިއެވެ.

Advertisement

ސަރުކާރަށް ވަރަށް ތާއިދު އޮތްކަމަށް ބުނެ ފެށި ޖަލްސާ ނިންމާލީ ރަނގަޅަށް ދެ ގަޑިއިރުވެސް ނުވަނީހެންނެވެ.

ޖަލްސާގައި ސަރުކާރުގެ މަޖިލިސް މެމްބަރުންނާއި ކެބިނެޓް މިނިސްޓަރުން ވެސް ވާހަކަ ދައްކަވާފައިނުވެއެވެ. ނުވީތާކަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމަށް. ވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ޖަލްސާގައި ދީފައިނުވެއެވެ.

މިދިޔަ ދެ އަހަރު ތެރޭ ސަރުކާރުން ކުރި ކަންކަން ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރިއިރު ދޭހަވެގެންދިޔައީ ސަރުކާރުން ކަންކަން ނުކުރާކަމެވެ. އެގޮތުން ޖަލްސާގައި ވެސް ވަނީ އިތުރު ވައުދުތަކެއް ވެވަޑައިގެންފައެވެ.

އައު އެއްވެސް ވާހަކައެއްް ވެސް ދައްކާފައިނުވެއެވެ. މިފަދަ ގޮތަކަށް ޖަލްސާއެއް ބޭއްވިއިރު ޖަލްސާއަށް ތަރުހީބު އޮތްކަމަށް ބުނެ ސަރުކާރުގެ ބޮޓުން ޓްވީޓުކުރަމުން އަންނައިރު ގިނައީ ސަރުކާރަށް އެއްޗެހި ކިޔާފައި މީސްމީޑީއާގައި ޕޯސްޓުކުރާ ފަރާތްތަކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved