March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކިތަންމެ ބޮޑު އެއްވުމެއް ބޭއްވިޔަސް މި ސަރުކާރުގެ އަގެއް ނެތް: ލޯޔަރު ހުސައިން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 15, 2025, 11:58 PM
މާލެ ސިޓީ

ސަރުކާރުން ކިތަންމެ ބޮޑެތި ޖަލްސާއެއް ބޭއްވިޔަސް ސަރުކާރުގެ އެއްވެސް އަގެއް މިހާރު ނެތް ކަމަށް ލޯޔަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

Advertisement

ރޭ ވެރިކަންކުރާ ޕީއެންސީއިން ބޭއްވި ޖަލްސާއިން ފެނިގެންދިޔައީ ރައްޔިތުންގެ އިތުބާރު ސަރުކާރަށް ނެތް މަންޒަރު ކަމަށާއި ސަރުކާރަށް ތާއީދު އޮތް ނަމަ ގަދަކަމުން މަޖުބޫރުކޮށްގެން ރައްޔިތުން ޖަލްސާތަކަށް ގެންދަން ނުޖެހޭނެ ކަމަށް އަލީ ހުސައިން ކުރެއްވި ޕޯސްޓެއްގައި ފާހަގަކޮށްފައިވެއެވެ.

ފަސް އަހަރުގެ ވެރިކަމަކަށްފަހު އެމްޑީޕީއިން ގައުމު އިނދަޖައްސާލައިފައިވާ ކަމަށް ބުނެ ގައުމުގެ ހާލަތު ރަނގަޅުކުރަން އައި މީހުން ވީ އިތުރަށް ގޯސް ކަމަށް އަލީ ހުސައިންގެ ޕޯސްޓްގައި ލިޔެފައިވެއެވެ.

އިޤްތިސާދީ ގޮތުން ގައުމު ވަނީ ބޮޑު ހީނަރުކަމެއްގެ ތެރޭގައި ކަމަށް މިވީ ދެ އަހަރު ތެރޭގައި ސަރުކާރުން ބުނަމުން އައި ނަމަވެސް ޕީއެންސީގެ އެޖެންޑާތައް ކުރިއަރުވާ ސަރުކާރުގެ އިސް ބޭބޭފުޅުންގެ އަމިއްލަ މަންފާތައް ދައުލަތުގެ ފައިސާއިން ހޭދަކުރަމުން ދާތަން ދަނީ ފެންނަމުންނެވެ.

ސަރުކާރުގެ ކޮންމެ ދިމާލަކުން ކޮރަޕްޝަން މައްސަލަތައް ފެންމަތިވެ މިކަންކަން ތަހުގީގު ކުރާނެ މިނިވަން އިދާރާއެއް މިއަދު މި ދިވެހި ގައުމުގައި ނެތް ކަން ސިފަކޮށް އަލީ ހުސައިން ވިދާޅުވީ ރައްޔިތުންގެ ހިތުގައި ރައީސް މުއިއްޒަށް އިހުތިރާމެއް ނެތް ކަމަށެވެ. މި ޕޯސްޓަށް މިފަދައިން ބުނެ ގިނަ މީހުން ކޮމެންޓް ކޮށްފައިވާކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved