ވާނުވާ ބަންދުގެ މައެްސަލަ ހައްލުކުރަން ރައީސް މުހައްމަދު މުއިއްޒުއަށާއި ހޯމްލޭންޑް އެންޑް ސެކިޔުރިޓީ މިނިސްޓަރ އަލީ އިހުސާނަށް ނޭނގިގެން އުޅެނީ އެއީ ކޯއްޗެއްކަން ވެސް ނޭނގޭތީކަމަށް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ވާނުވާ ބަންދާއި ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
ޖުމްހޫރީ ދުވަހު އޮތް ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރުމަށް ޝަރުއީ ދާއިރާ ބޮލަށް ޖަހާފައެވެ. އެކަން ކުރައްވާނެކަމުގެ ވައުދާއެކު އައި ވެރިޔަކު މިއަދު އެކަން ނުކޮށް އުޅެނީ ހަގީގަތުގައި ވާނުވާ ބަންދަކީ ކޯއްޗެއްކަން ނޭނގޭތީކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"ވާނުވާ ބަންދަކީ އަޅުގަނޑުވެސް ވަރަށް ގާތުން އިހުސާސްކޮށްފައި ހުރިކަމަކަށްވޭ.. އަދި މިކަމާ ގުޅިގެން އަޅުގަނޑު އެންމެ ވަރުގަދަޔަށް މި ވާހަކަ ދެއްކީވެސް..މީގަ ދެން އަޅުގަނޑަށް ނެގޭ ދެވަނަ މާނައަކީ މުއިއްޒަކަށް ވާނުވާ ބަންދަކީ ކޯއްޗެއްކަމެއް ނޭނގޭ" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ އެމަނިކުފާނު ވާނުވާ ބަންދުގައި ހުންނެވިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ވާނުވާ ބަންދު ޖަހަނީ ޕްރޮސެކިޔުޓާރ ޖެނެރަލް އެދިގެންކަމަށެވެ, އެހެންނޫންނަމަ ޣާޒީ އެކަން ނުކުރައްވާނެކަމަށެވެ.
މިއީ އިދާރީ ގޮތުން ނިންމެން އޮތްކަމެއްކަމަށާއި މިއީ ޖުޑިޝަރީ ތެރެއިން ނިންމަން ޖެހޭ ވަރުގެ ކަމެއް ނޫންކަމަށް ވިދާޅުވެ ރައީސް ޔާމީން ރައީސް މުއިއްޒަށް ފާޑުކިޔުން އަމާޒުކުރެއްވިއެވެ.
ވާނުވާ ބަންދު ޖަހަނީ ބަންދު ނުކޮށް ފުލުހުންނަށް މައްސަލަތައް ތަހުގީގު ނުކުރޭވޭތީކަމަށް ބުނެއެވެ. އެހެން ނަމަވެސް އެކަން އަސްލު ކުރަނީ ފުލުހުން ގިނަ ފަހަރު މީހުން ފްރޭމްކުރުމުގެ ގޮތުންކަަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.