theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ސިޔާސީ
ގައުމުގައި ބޮޑެތި މައްސަލަތައް ފުނިޖެހެމުންދާއިރު ރައީސާއި ނައިބު ފުޓްސަލް ދަނޑު ހުޅުވުމުގައި ބިޒީކޮށް: ޖަމީލް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
16 ނޮވެމްބަރު 2025
މާލެ ސިޓީ

ގައުމުގައި ބޮޑެތި މައްސަލަތައް ފުނިޖެހެމުންދާއިރު ރައީސް މުއިއްޒާއި، ނައިބު ރައީސް ހުސައިން އަދި ވަޒީރުން އުޅުއްވަނީ ފުޓްސަލް ދަނޑުތައް ހުޅުވުމުގަިއ ބިޒީކޮށް ކަމަށް ޕީއެންއެފްގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 15،000 ހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކުގައި ސާފު ބޯފެނަށް ރައްޔިތުން ޖެހިފައިވާތާ އެތަކެއް ދުވަސް މިހާރު ވެފައިވާ ކަމަށާއި ނަމަވެސް މިއިން ކަމަކަށް ހައްލު ހޯއްދެވުމަށް ސަރުކާރުން އެދެވޭ މަސައްކަތެއް ނުކުރާ ކަމަށެވެ.

މީގެ އިތުރުން، ޑޮލަރ މިހާރު 21 ރުފިޔާއަށްވުރެ މަތިވެ، ވިޔަފާރިތައް ހުލިވެ އިންފްލޭޝަން އުފުލި ރައްޔިތުން ޙާލުގައި ޖެހިފައިވާއިރު މިއީ ބޮޑެތި މައްސަލަތަކުގެ ގޮތުގައި ސަރުކާރުން ނުދެކޭ ކަމަށްވެސް ޑރ ޖަމީލް ފާހަގަކުރެއްވިއެވެ.

ގައުމުގެ ހާލަތު މިހާ ނާޒުކު ހިސާބެއްގައި އޮތް އިރު މި މައްސަލަތަކަށް ހައްލު ހޯއްދެވުމުގެ ބަދަލުގައި ކުންފުނިތަކުންވެސް މުވައްޒަފުންނަށް އެއްވުންތަކާއި ޖަލްސާތަކަށް މަސައްކަތް ނުކޮށް ފޮނުވަމުން އަންނަ ކަމަށް ބުނެ ޑރ ޖަމީލް ވަނީ ފާޑުވިދާޅުވެފައެވެ.

މިއާއި އެކު، ރައީސް މުއިއްޒު ގައުމު ހިންގަވަން މަސައްކަތް ކުރައްވަނީ ކިހިނަކުންތޯވެސް ޖަމީލް ވަނީ އެ ޕޯސްޓްގައި ސުވާލު އުފައްދަވާފައެވެ.

ހުކުރު ދުވަހުގެ ރޭ ޕީއެންސީއިން ބޭއްވި ޖަލްސާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުންނާއި މާލޭގެ އެކި ކުންފުނިތަކާއި މުވައްސަސާތަކުގެ މީހުން މަޖުބޫރުކޮށްގެން ގެނެސް ދައުލަތުގެ ފައިސާ ޚަރަދުކޮށްފައިވާތީ އާންމުން އަންނަނީ ޕީއެންސީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved