theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕީއެންއެފްގެ ޖަލްސާއެއް މިރޭ އޮންނާނެ / ރާއްޖެ އޮންލައިން
ސިޔާސީ
ވައްކަމާއި ކޮރަޕްޝަން ރާއްޖޭގައި ބަލިމަޑުކަމެއްހެން މިހާރު އާންމުވެއްޖެ: ރައީސް ޔާމީން
Aiminath Zawjah
އައިމިނަތް ޒަޢުޖާ
17 ނޮވެމްބަރު 2025
މާލެ ސިޓީ

ދިވެހިރާއްޖޭގައި ކޮރަޕްޝަނާއި ވައްކަން ބޮޑު ބަލިމަޑުކަމެއްހެން މިހާރު ފެތުރި އާންމުވެއްޖެ ކަަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފްއިން މިރޭ ބޭއްވި އެ ޕާޓީގެ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކޮރަޕްޝަންނަށް ރާއްޖޭގެ ސަގާފަތުގައި އެޓެންޑް ކުރަނީ ހުޅަނގުގެ ސަގާފަތުގައިވެސް އެޓެންޑް ކުރައްވާ ގޮތަށް ކަމަށާއި އެއީ މިކަންކަން ކުރެވެނީ ޕަބްލިކް އޮފިޝަލްގެ ތެރެއިން ކަަމަށްވާތީ ކަމުގައެވެ. ޕަބްލިކް އޮފިޝަލަލީ ރިޝްވަތު ހިފާމީހާ ކަމަށާއި ބޮޑަށް ކުށްވެރިވެގެން މިދަނީ އެ ރިޝްވަތު ހިފާމީހާ ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ނަމަވެސް ފާއިތުވި ވި ފަންސަވީސް އަހަރު ތެރޭގައި ދިވެހިރާއްޖޭގެ މި ވެއްޓަށް އެ ފިލޯސޮފީ ވޯކް ނުކުރި ކަމަށާއި ކުށްވެރިވާން ޖެހޭނީ ރިޝްވަތު ދޭ މީހާކަމަށް އެމަނިކުފާނަށް ގަބޫލުކުރެވޭ ކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ ސަބަބަކީ ރިޝްވަތުގެ ސަބަބުން އޭގެ މަންފާ އެންމެ ބޮޑަށް ކުރަނީ އެ ދޭ މީހާއަށް ވާތީ ކަމަށް ވިދާޅުވެ އެމަނިކުފާނުވަނީ ޕަބްލިކް އޮޕީނިއަންއަކަށް އައްސަވާފައެވެ.

ގާނޫނަކީ މިހާރު ބޭނުންވީމަ ބަދަލުކުރެވޭ އެއްޗެއް. އެހެންވީމަ ރިޝްވަތު ހިފާ މީހާ ބަހައްޓާފަ ރިޝްވަތު ދޭ މީހާ އެބަޖެހޭ ކުށްވެރިކޮށް އެކަން ހުއްޓުވަން.

-

މީގެ އިތުރުން، ރިޝްވަތު ދޭ މީހާ ކުށްވެރިވެފައ ގާނޫނާއި ޚިލާފަށް އެމީހަކު ހޯދި މަންފާއެއް ނުވަތަ މުދާވެރިކަމެއް އަތުލެވޭނެ އުސޫލެއް އޮންނަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މި ނޫން ގޮތަކަށް ރާއްޖޭގައި މިހާރު މިއޮތް ކޮރަޕްޝަން ނުހުއްޓުވޭނެ ކަމަށްވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ މަތީ ފަޑީގައި އޮތި ކޮރަޕްޝަންގެ ހާއްޔެއް ހެދިފައި ކަމަށް ސިފަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ގާނޫނަކީ މި ސަރުކާރުން ބޭނުންވީމާ ބަދަލުކުރެވޭ އެއްޗަކަށްވާއިރު ރިޝްވަތު ހިފާ މީހާ ބަހައްޓާފަ ފުރަތަމަ ރިޝްވަތު ދޭ މީހާ ކުށްވެރިކޮށް ގާނޫނުގެ ތެރެއަށް ގެންނަން ޖެހޭ ކަމަށް ރައީސް ޔާމީން ވަނީ ގޮވާލާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved